ނަޞޭޙަތާއި އިރުޝާދު
މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.

ހިފެހެއްޓުމެއްނެތި ދަރަނި ނެގުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައިވާ ވަރަށް ނުބައި އާދައެކެވެ. ދަރަނި ތަކުގައި ނަފުސު ބަނދެވި، ދަރަނި އަދާކުރުމުގެ ބުރަކަމާއިއެކު އެފަދަ ބޭފުޅުންވަނީ މާޔޫސްވެ، ވަރުބަލިވެފައެވެ. މުސްލިމުންނަށް ވާޖިބުވެގެންވަނީ ވީހާވެސް ބޮޑަކަށް ދަރަނި ނެގުމުން ރައްކާތެރިވުމެވެ. އެހެނީ މީސްތަކުންނާއި ގުޅުން ހުރި ޙައްޤުތަކުގައި، ދުނިޔޭގައި އެ ޙައްޤު އަދާނުކޮށް ސަލާމަތްވެވުނުކަމުގައި ވިޔަސް އާޚިރަތުގައި މާތްﷲގެ ހިސާބު ބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ. ހަމަކަށަވަރުން ދަރަނީގެ ކަންކަމަކީ މާތް ﷲ ގެ ހަޟްރަތުގައި އެ ކަންކަމުގެ އަހައްމިއްޔަތު ބޮޑުވެގެންވާ ކަންކަމެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ދަލީލަކީ ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތަކީ ބަޤަރާ ސޫރަތުގެ ފަހު ކޮޅުގައިވާ ދަރަނީގެ އާޔަތެވެ. https://youtu.be/A66JiyMYQys

ދަރަނީގެ ބުރަކަމުން ރައްކާތެރިކަން ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ނަބިއްޔާ صلى الله عليه وسلم ގިނަގިނައިން ދުޢާ ކުރައްވާފައިވެއެވެ.

ދެ ދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރެއްވުމަށް އަބޫ ޤަތާދާ ހަވާލުވެ ވަޑައިގަތްފުމަށް ދާންދެން އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ނަބިއްޔާ صلى الله عليه وسلم ދެކޮޅު ހެއްދެވިއެވެ. ދެން އެއަށްފަހު އަބޫ ޤަތާދާ رضي الله عنه އެ ދަރަނި އަދާކުރެއްވުމުން ހަދީސްކުރެއްވިއެވެ. الآن بردت عليه جلده މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.

وقد ترك النبي صلى الله عليه وسلم الصلاة على من مات وعليه ديناران ، حتى تكفل بسدادهما أبو قتادة رضي الله عنه ، فلما رآه من الغد وقال له قد قضيتها ، قال صلى الله عليه وسلم : ( الْآنَ بَرَدَتْ عَلَيْهِ جِلْدُهُ ) مسند أحمد (3/629) وحسنه النووي في ”الخلاصة“ (2/931) وابن مفلح في ”الآداب الشرعية“ (1/104) وحسنه محققو مسند أحمد .

ދަރަންޏެއް ނުދައްކާ ވަނިކޮށް މީހަކު މަރުވުމުން އެ މަރުވި މީހާ ގެ އަޚާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  “ إِنَّ أَخَاكَ مَحْبُوسٌ بِدَيْنِهِ , فَاقْضِ عَنْهُ “  ހަމަކަށަވަރުން ތިބާގެ އަޚާ އެވަނީ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. އެ އަޚާގެ ދަރަނި އަދާކޮށްދޭށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (يغْفِرُ اللَّه للشَّهيدِ كُلَّ ذنب إلاَّ الدَّيْنَ) رواه مسلمٌ.
ޝަހީދުންގެ ހުރިހާ ފާފައެއް ފުއްސަވައި ދެއްވައެވެ. ދަރަނި ފިޔަވައެވެ.
ނަބިއްޔާصلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. إنَّ الرجلَ إذا غرم حدَّثَ فكذبَ ووعد فأخلفَ ހަމަކަށަވަރުން
މީހަކު ދަރަނިވެރިވެއްޖެނަމަ؛ ވާހަކަ ދައްކާއިރު ދޮގު ހަދައެވެ. އަދި ވަޢުދުވެފައި އެއާވެސް ޚިލާފުވެއެވެ.

الراوي : عائشة أم المؤمنين | المحدث : الألباني | المصدر : صحيح النسائي
الصفحة أو الرقم: 5487 | خلاصة حكم المحدث : صحيح

 

ޙަރާމްކަމެއް ކުރަން ދަރަނި ނެގުން ނަހީ ވެގެންވާ ކަމެކެވެ.

8