ޤަތުލުކޮށް އިންސާނުންގެ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރުން ދެކެނީ، ވަރަށް އާދަގެ ކުޑަކުޑަ ކަމެއްގެ ގޮތުގައިކަން މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
ﷲ ޝުބުހާނަހޫ ވަތައާލާ ހެއްދެވި ގިނަ މަޚްލޫޤުންގެ މައްޗަށް އެކަލާނގެ ވަނީ އިންސާނާ މާތްކުރައްވައި، މަތިވެރި ކުރައްވައިފައެވެ. އުޑުތަކާއި، ބިމުގައި ވާހާއި ތަކެއްޗެއް، ﷲ ޝުބުހާނަހޫ ވަތައާލާ ވަނީ، އިންސާނާގެ ޚިދުމަތުގައި ލައްވައިފައެވެ. އެހެންކަމުން އިސްލާމް ދީނުގެ ނަޒަރުގައި، އިންސާނުންގެ ނަފްސަކީ، ވަރަށް ބޮޑަށް ޙުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ޙައްޤަކާ ނުލައި ވަރަށް އިންސާނަކު ޤަތުލު ކުރުމަކީ، އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމައުން މިބޮޑު ފާފައަށް އަރައިގަތުން ދެކެނީ، ވަރަށް އާދަގެ ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ. އެއްވެސް ރަޙްމެއް ބިރުވެރިކަމެއް ނެތި، ޙުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫނެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ކުރުން ޙަރާމް ކުރައްވާފައިވާ އަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލު ކަމުގައިވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީއެވެ. މިއީ
ކޮންފަދަ އަނިޔާވެރި ކަމެއްހެއްޔެވެ! ޙައްގުން، އެންމެ ނަފުސެއް ވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުންފަދަ ނުބައިކަން ބޮޑު ޢަމަލެއް.