ނަޞޭޙަތާއި އިރުޝާދު
ރިޒުޤު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން

الحمد لله رب العالمين والصلاة والسلام على المبعوث رحمة للعالمين سيدنا محمد، وعلى آله وصحبه ومن اتبع هداه إلى يوم الدين

އަޅުގަނޑުމެން އެންމެންވެސް ރިޒުޤު އިތުރުވާން ބޭނުން. ރިޒުޤަކީ މާތް ﷲ ދެއްވާ އެއްޗެއް. އެކަލާނގެއީ الرزاق ގިނަގިނައިން ރިޒުޤު ދެއްވާ ރަސްކަލާނގެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ރިޒުޤު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަން. ފުރަތަމަ ކަމަކީ

ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުން. މާތް ﷲ ވަޙީކުރައްވައިފައިވަނީ

لئن شكرتم لأزيدنكم ولئن كفرتم إن عذابي لشديد ) ابراهيم 7

ތިޔަބައިމީހުން ތިމަން އިލާހު ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާނަމަ لأزيدنكم ތިމަން އިލާހު ތިޔަބައިމީހުންނަށް ނިޢްމަތްތައް އިތުރުކޮށްދެއްވާހުށީމެވެ. ولئن كفرتم ތިޔަބައިމީހުން ތިމަންއިލާހުގެ ނިޢްމަތްތަކަށް ޝުކުރުވެރިނުވެ އެ ނިޢްމަތްތަކަށް ކުފުރުވެރިވާނަމަ إن عذابي لشديد އަދި ދަންނާށެވެ. ތިމަން އިލާހުގެ ޢަޛާބު ގަދަފަދަވެގެންވެއެވެ.

މިހާރު އަޅުގަނޑުމެންނަށް ލިބޭ ރިޒުޤަށް ޝުކުރުވެރިވުމަކީ އޭގެ ސަބަބުން ކުރިޔަށް އޮތް ތާނގައި ރިޒުޤު އިތުރުވެގެންދާނެކަމެއްކަން މި  އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދޭ.

ބައެއް ކަހަލަ ކަންކަން އެބަވޭ އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް ހުރަސް އެޅިގެންދާ ކަންކަން

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

انظروا إلى من أسفل منكم و لا تنظروا إلى من هو فوقكم فهو  أجدر  أن لا تزدروا نعمة الله عليكم

ތިޔަބައިމީހުންނަށްވުރެ ދުނިޔެވީ ނިޢްމަތްތަކުގެ ގޮތުން މަދުން ލިބިފައިވާ މީހުންނަށް ތިޔަބައިމީހުން ބަލާށޭ.(މަދުން ރިޒުޤު ލިބޭ މީހުންނަށް ތިޔަބައިމީހުންނަށްވުރެ ދަށް މަގާމެއްގައިވާ މީހުންނަށް) ތިޔަބައިމީހުންނަށްވުރެ ގިނަ ނިޢްމަތް ލިބިފައިވާ މީހުންނަށް ނުބަލާށޭ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާން ބާރަކަށް އެކަން ވެގެންދާނޭ.

ފާފަ ފުއްސެވުން އެދި ދެންނެވުން

އަޅުގަނޑުމެންނަށް ރެޔާއި ދުވާލު އެނގިގެންނާއި ނޭނގި ކުރެވޭ ފާފަތައް ފުއްސެވުން އެދި ދުޢާ ކުރުމަކީ އަޅުގަނޑުމެންނަށް އެތައް ބައިވަރު މުދާ ލިބޭނެކަމެއް. އަދި އެހެން ނިޢްމަތްތައްވެސް ލިބިގެންދާނެކަމެއް.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10)

ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.

يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (11)

(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.

وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12)

އަދި މުދާތަކާއި ދަރިންގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.

ލޮބްވެތި މުސްލިމު އަޚުން

 

ރިޒުޤު ތަނަވަސްވެ ރިޒުޤުގައި ބަރަކާތްލެއްވޭ އެހެން ކަމަކަށް ބަލާލާއިރު ރަޙިމުގެ ގުޅުން ދެމެހެއްޓުން ފާހަގަ ކޮށްލެވޭ.

ހަދީސެއްގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވަ

من سره أن يبسط له في رزقه و ينسأ له في أثره فليصل رحمه

މިއީ އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީސެއް

އޭނާގެ ރިޒުޤު ތަނަވަސްކޮށްދެއްވުމަށާއި އޭނާގެ ޢުމުރު ދިގު ކޮށްދެއްވުމަށް ލޯބިކުރާ މީހާ ފަހެ އޭނާގެ ރަހިމުގެ ގުޅުން ގުޅުވައި ބަދަހިކުރާހުށިކަމެވެ.ދަ

 

މާތް ﷲގެ މަގުގައި ހޭދަކުރުން

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ (39)

(އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް އެކަލާނގެ އޭގެ ބަދަލުދެއްވަތެވެ. އެކަލާނގެއީ ރިޒުޤުދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.)  سورة سبأ

އަދި މިކަންވަނީ އެހެން އާޔަތްތަކުގައިވެސް ބަޔާންކުރައްވާފައި

ހަދީސެއްގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވަ

ما نقص مال من صدقة   رواه الطبراني

ޞަދަޤާތުގެ ސަބަބުން މުދާ އުންޏެއް ނުވެއެވެ.

 

 

 

 

 

 

 

 

 

ތަވައްކަލް ކުރުން

ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. “ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. «لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا» (رواه الترمذي) “ތިޔަބައިމީހުން ﷲ އަށް ވަކީލު ކުރުން ޙައްޤު ގޮތުގައި ވަކީލުކުރަނީނަމަ، އެކަލާނގެ ދޫނި ސޫފާސޫތްޕަށް ރިޒުޤު ދެއްވާފަދައިން، ތިޔަބައިމީހުންނަށް ވެސް، ރިޒުޤު ދެއްވީހެވެ. އެސޮރުމެން ހެނދުނު އުދުހިގެންދަނީ، ހައިބަނޑާ ތިބެގެންނެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑުބޮޑުވެ ތިބެގެންނެވެ.” (رواه الترمذي)

 

 

 

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

عن الحسين بن علي بن أبي طالب:) إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها       (الألباني (١٤٢٠ هـ)، صحيح الجامع ١٨٩٠ • صحيح

ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ.

 

ތަޤްވާވެރިކަން

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ {الطلاق:2-3}

އަދި ﷲއަށް ތަޤްވާވެރި ވެއްޖެ މީހާއަށް މުޞީބާތުން ނުކުންނާނެ މަގެއް ދައްކަވާނެއެވެ. އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ.

وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ (96)

ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤްވާވެރިވީނަމަ ހަމަކަށަވަރުން އުޑުންނާއި ބިމުން ތިމަން ރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ.

https://youtu.be/tWkulx9L_Po

10