ސުވާލާއި ޖަވާބު
ހަށިގަނޑުން ބާލަންޖެހޭ ތަންތަނުގެ އިސްތަށި ދާއިމީގޮތަކަށް ނުފަޅާގޮތަށް ނައްތާލުން ހުއްދަތޯ؟

ދާއިމީގޮތެއްގައި ހަށިގަނޑުން އިސްތަށި ނައްތާލެވޭ ގޮތް ގޮތް މިހާރު ހުރެއެވެ. އެފަދަ ގޮތެއް ބޭނުންކޮށްގެން ހަށިގަނޑުން ބާލަންޖެހޭ އިސްތަށި ނުވަތަ ނައްތާލަން ޖެހޭ އިސްތަށި ނައްތާލުމަކީ އެއީ ހުއްދަ ކަމެކެވެ.

ބޭލުމަށް އަމުރު ކުރައްވާފައިވާ އިސްތަށި މިސާލަކަށް ކިހިލި ފަތުގެ އިސްތަށި، ލަދުވެތި ގުނަވަނުގެ އަދި ބޭލުން ހުއްދަވެގެންވާ އިސްތަށި މިސާލަކަށް އަތުގެ ނުވަތަ ފައިގެ އިސްތަށި، ދާއިމީގޮތަކަށް ނުފަޅާގޮތަށް ނައްތާލުމަކީ ހުއްދަކަމެކެވެ. އެކަން ހުއްދަވަނީ އެ ނައްތާލުމަށް ބޭނުންކުރާ ގޮތަކީ(މެތަޑަކީ) ހަށިގަނޑަށް ގެއްލުން ލިބޭ ގޮތެއްކަމުގައި ނުވާނަމައެވެ.

 

މަރްޖިޢު

https://islamqa.info/ar/answers/2213

ލިޔުމުގެ އަސްލު: ޝާފިޢު.އެމްވީ

137