ޚަބަރު
މާޝާﷲ ރެހެންދި ސްކޫލްގެ ދަރިވަރުން ކޮންމެ ދުވަހަކު ޖަމާއަތުގައި އަސްރު ނަމާދު ކުރަނީ

މާޝާﷲ ރެހެންދި ސްކޫލްގެ ދަރިވަރުން ކޮންމެ ދުވަހަކު ޖަމާއަތުގައި އަސްރު ނަމާދު ކުރަނީ

ސްކޫލުގެ މެންދުރު ފަހު ދަންފަޅީގެ ދަރިވަރުން ޖަމާއަތުގައި އަސްރު ނަމާދުކުރަން ފަށައިފި އެވެ. ދަރިވަރުންވަނީ  ސްކޫލުގެ ގޯތިތެރޭގައި ޖަމާއަތް ހަދައިގެން އަސުރު ނަމާދުކޮށްފަ އެވެ.

ނަމާދު ޖަމާޢަތު ކުރުމަށް ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި އެ ސްކޫލުން ބުނީ މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ގްރޭޑް 2، 3، 4، 5 އަދި 6 ގެ ކުދިން ޖަމާއަތުގައި އަސުރު ނަމާދުކުރުން ކޮންމެ ދުވަހަކު ވެސް އޮންނާނެ ކަމަށެވެ.

ސަމާލުކަން ދިނުމަށް ފާހަގަކޮށް ފައިވާ ކަންކަމުގައި ދަރިވަރުން ސްކޫލަށް ފޮނުވާއިރު މެންދުރު ނަމާދު ކުރުވުމަށްފަހު، ސްކޫލްގައި އަސުރު ނަމާދު ކުރެވޭ ގޮތަށް ދަރިވަރުން ވުޟޫ ކުރުވައިގެން ސްކޫލަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.

ކުދިން ސްކޫލަށް ފޮނުވާއިރު ގެއިން ވުޟޫ ކޮށްގެން ފޮނުވުމަށާއި، މުސައްލައާ ނަމާދު ދޮޅި ފޮނުވަން ވަނީ އަންގާފަ އެވެ.އަދި ބޫޓުލުމަށް އިތުރު ކޮތަޅެއް ދަރިވަރުންގެ އަތަށް ދީފައި ސްކޫލަށް ފޮނުވަންސް ވަނީ އެދިފައެވެ.

11
  1. Masha Allah

    ވަރަށް އުފާވޭ އަބަދުވެސް ތިޔަ ގޮތުގައި ކުރިއަށް