ޚަބަރު
އެއްބަނޑު އެއްބަފާ ކަމުގެ ސުޢޫރަކީ، މާތްﷲ އަޅުންގެ ހިތްތަކަށް ވައްދަވާ މަތިވެރި އިޙްސާސެއް: ހުކުރުޚުތުބާ

އެއްބަނޑު އެއްބަފާ ކަމުގެ ސުޢޫރަކީ، މާތްﷲ އަޅުންގެ ހިތްތަކަށް ވައްދަވާ މަތިވެރި އިޙްސާސެއްކަމުގައި ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

އެއްބަނޑު އެއްބަފާ ކަމުގެ ސުޢޫރަކީ، މާތް ﷲ ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އަޅުންގެ ހިތްތަކަށް ވައްދަވާ މަތިވެރި އިޙްސާސެކެވެ. މާތް ﷲވަޙީ ކުރއްވާފައިވެއެވެ.މާނައީ: “އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، ﷲ، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ، އަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ.”

6