އަހަރެމެންގެ މުޖުތަމަޢު އަމާންތަނަކަށް ހެދިއްޖެނަމަ ރުޅިވެރިކަމާއި ޙަސަދަވެރިކަން ފިލައިދާނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާ ﷺ ސުއްނަތުން އިބުރަތް ލިބިގަނެ، އަހަރެމެންގެ މުޖުތަމައަކީ ހުރިހާ ގޮތަކުން ވެސް، އަމާން ތަނަކަށް ހެދިއްޖެ ނަމަ، އެންމެހައި މީސްތަކުންގެ މަސްލަޙަތުތަކާއި، ޙައްގުތައް ރައްކާތެރި ކުރެވޭނެއެވެ. ދެބަސްވުންތަކާއި އަރާރުންތައް މަދުވާނެއެވެ. ދޭދޭ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައި އުފެދޭ އަރައިރުންތަކާއި، ޝަރުއީ މަޙްކަމާތަކުގައ، ދެ ޚަސްމުންނަށް ވެސް އިންސާފު ލިބޭނެއެވެ. ރުޅިވެރިކަމާއި ޙަސަދަވެރިކަން ފިލައިގޮސް، ބާއްޖަވެރިކަމާއި، ހަމަޖެހުން ލިބޭނެއެވެ. މުސްލިމުންނަކީ އެކަކު އަނެކަކަށް އަޅައިލާ އޯގާވެރި ބައެކެވެ. އެ ސިފަ ބަޔާން ކުރައްވައި، ރަސޫލު ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަޙުމްކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން
އަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާ ހުރުމުންނާއި، ހުން އައުމުން އެ ގުނަވަން
ބައިވެރިވެއެވެ.“