ޠަވާފުކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. سورة الحجގައި މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ
އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدة ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ!
(لَا يَضَعُ قَدَمًا وَلَا يَرْفَعُ أُخْرَى : إِلَّا حَطَّ اللَّهُ عَنْهُ خَطِيئَةً ، وَكَتَبَ لَهُ بِهَا حَسَنَةً). وصححه الألباني في “صحيح الترمذي”
ޠަވާފްކުރާއިރު އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ފާފައެއް ފުހެވި، ތިބާގެ ފަތުގައި ޙަސަނާއެއް ނުވަތަ ހެޔޮކަމެއް ލިޔުއްވޭކަން މި ޙަދީސުން އެނގެއެވެ.
(مَنْ طَافَ أُسْبُوعًا ، يُحْصِيهِ ، وَصَلَّى رَكْعَتَيْنِ : كَانَ لَهُ كَعِدْلِ رَقَبَةٍ)
ޠަވާފު ގެ ހަތް ބުރު ފުރިހަމަކުރުމަށްފަހު ދެ ރަކުޢަތް ނަމާދެއްކޮށްފިނަމަ އަޅަކު މިނިވަންކުރުމުގެ އަޖުރުފަދަ އަޖުރެެއް ލިބޭނެއެވެ.
މަލާއިކަތުން ބައިތުލް މަޢްމޫރު ވަށައިގެން ޠަވާފު ކުރައްވައެވެ.