ޚަބަރު
ޛިކުރުކުރާ މީހާ ނަރަކައިގެ ގިނި ހިލަތަކުގެ ހޫނުން ރައްކައުތެރިކަން: ހުކުރުޚުތުބާ

ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި ﷲ އަށް ދިކުރު ކުރުން ހިމެނެއެވެ. ﷲ ތަޢާލާގެ ޙަސްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ދިކުރުކުރުމެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާޅިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނެ
ޛިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިނި ހިލަތަކުގެ ހޫނުން ރައްކައުތެރިކަން ދެއްވާނެއެވެ. ﷲ އަށް ޛިކުރު ކުރާ މީހާގެ މައްޗަށް ﷲ ގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެތެވެ. މާތްﷲ ފަރްޟު ކުރެއްވި އެންމެހާ އަޅުކަންތަކާ، ޛިކުރު ކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ.

 

ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި  މާތްﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދިީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ އަމަލުތަށް ފުރިހަމައަށް ޘަވާބު ލިބެއެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަށް ވެދެއެވެ. އެމީހުންގެ ސުލޫކާއި އަަޚްލާގްރިވެތި ސުލޫކު ކަމުގައި ވެދެއެވެ. އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި އެމަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ.

 

9