ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު
ﷲ އެއްކައުވަންތަކުރުން؛ ޢަމަލުން ވިޔަސް އިޢުތިޤާދުންވިޔަސް މާތް ﷲ އަށް ޝިރުކު ނުކުރުން
ސޫރަތު ގެ އުސްއަލިތައް
މި ސޫރަތް ތިން ބާވަތުގެ މީހުންނާއި މުޚާތަބުކުރެއެވެ. އެއީ:
- މުލްޙިދުން އަދި ރަސޫލުންގެ ރިސާލަތަށް އިންކާރުކުރާމީހުން
- ބުދަށް އަޅުކަންކުރާ މީހުން
- މުއުމިނުން
މި ސޫރަތުން ލިބިދޭ ފިލާވަޅުތަކާއި ޢިބްރަތްތައް ދައުރުވަނީ އިސްލާމްދީނުގެ މައިގަނޑު ތިން އަސާސްގެ ތެރޭގައެވެ. އެ ތިން އަސާސަކީ:
- މާތް ﷲ އެއްކައުވަންތަކުރުން
- މާތް ﷲ ބާއްވައިލެއްވި ފޮތްތަކަށާއި ފޮނުއްވެވި ރަސޫލުންނަށް އީމާންވުން
- ޤިޔާމަތްދުވަހަށް އީމާންވުން
މި ތިން އުސޫލަށް މި ސޫރަތުގައި އަލި އަޅުވައިލެވިފައިވަނީ ދެ އުސްލޫބަކުންނެވެ. އެއީ:
- އުސްލޫބުލް ތަޤްރީރު
މި އުސްލޫބުގެ ދަށުން ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ހެކިތައް ހުށައެޅިފައިވާ ގޮތަކީ ކައުނުގައިވާ ބައެއް މަޚްލޫޤުތަކާއިމެދު ވިސްނާ ފިކުރުކުރުމަށް ގޮވާލާ ގޮތުގައެވެ. ކާއިނާތުގެ މި ޙަޤީޤަތްތަކާއިމެދު ވިސްނުމުން ﷲ ތަޢާލާގެ ކަށަކުޅަދުންވަންތަކަމާއި ކާއިނާތުގެ ހުރިހާ ކަމެއްވެސް ހިނގަމުންދަނީ އެކަލާނގެ ރޭއްވެވުމުގެ ދަށުންކަން ހާމަވެއެވެ. މި އުސްލޫބުގެ އާޔަތްތައް ޢާއްމުކޮށް ފެށިފައިވަނީ ”އެކަލާނގެއީ“ މި ޢިބާރާތުންނެވެ. އެގޮތަށް މި އުސްލޫބުގެ އާޔަތްތައް ފެށިފައިވުމުގެ ޙިކުމަތަކީ ﷲ ތަޢާލާގެ މަތިވެރިކަމާއި އެކަލާނގެ ކަށަކުޅަދުންވަންތަކަން ޤުރުއާންކިޔަވާމީހާއަށް ހާމަކޮށްދިނުމެވެ.
މި ސޫރަތުގައި ޢަރަބި ބަހުގެ ޟަމީރު ”هو“ 28 ފަހަރު އައިސްފައިވެއެވެ.
އުސްލޫބުލް ތަޤްރީރުގެ ބައެއް މިސާލު
﴿هُوَ الَّذِي خَلَقَكُم مِّن طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُ ۖ ثُمَّ أَنتُمْ تَمْتَرُونَ﴾
އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجل އެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ حضرة ގައި ކަނޑައަޅުއްވާފައިވާ أجل އެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شك ކުރަމުއެވެ.
﴿وَهُوَ اللَّهُ فِي السَّمَاوَاتِ وَفِي الْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ﴾ ٣
އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން حق ވެގެން) ވާ، اللَّه އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
﴿وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ ۚ وَهُوَ السَّمِيعُ الْعَلِيمُ﴾ ١٣
ރެއާއި ދުވާލުގެތެރޭ އުޅޭހައި ތަކެތި، މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
﴿قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ﴾ ١٤
ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ مثال އެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ رزق ދެއްވަނީ އެކަލާނގެއެވެ. رزق ލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! إسلام ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، شريك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
﴿وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴾١٧
އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
- އުސްލޫބުލް ތަލްޤީން
މި އުސްލޫބުގެ އާޔަތްތައް ފެށިފައިވަނީ ’ކަލޭގެފާނު ވިދާޅުވާށެވެ!‘ މި ޢިބާރާތުންނެވެ.
قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿١١﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
قُل لِّمَن مَّا فِي السَّمَاوَاتِ وَالْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ ﴿١٢﴾
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށެވެ. އެކަލާނގެ އަމިއްލަ ذات ފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް رحمة ވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذات ފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން قيامة ދުވަހަށް އެއްކުރައްވާނެތެވެ. އެކަމާމެދު شك އެއް ނެތެވެ. އެއުރެންގެ އަމިއްލަ نفس ތައް ނަގައިލި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
قل أي شيء اكبر شهادة
އަންޢާމް ސޫރަތުގެ 74 ވަނަ އާޔަތުން ފެށިގެން ގޮސް 83 ވަނަ އާޔަތަށް އައިސްފައިވަނީ އިބްރާހިމް عليه السلام އެކަލޭގެފާނުގެ ޤައުމުގެ މުޝްރިކުންނަށް ޙުއްޖަތާއިއެކު ތެދުމަގު ބަޔާންކޮށްދެއްވިގޮތުގެ ވާހަކައެވެ.
الآية الفاصلة 104ވަނަ އާޔަތް
އަންޢާމް ސޫރަތުގެ 104ވަނަ އާޔަތުން އެނގޭ ގޮތުގައި ހިތްތަކުގައިވާ ލޯތައް ކަނުވެގެންދެއެވެ.
قَدْ جَاءَكُم بَصَائِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِ ۖ وَمَنْ عَمِيَ فَعَلَيْهَا ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ ﴿١٠٤﴾ (ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
ދިހަ ވަސިއްޔަތް އައިސްފައިވަނީ އަންޢާމް ސޫރަތުގެ 151 ވަނަ އާޔަތާއި 152 ވަނަ އާޔަތުގައެވެ. މިއީ މުޙްކަމް އާޔަތްތަކެކެވެ. މި އާޔަތްތަކުގައި އެކަށައެޅިފައިމިވަނީ މުސްލިމުގެ ދިރިއުލުމުގެ ޢާއްމު މަންހަޖެވެ. އެ މަންހަޖަށް ޢަމަލުކޮށްފިމީހާއަށް ކާމިޔާބާއި ފަލާޙް ލިބޭނެއެވެ.
” ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުން އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރިނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާއިނުލާ ނުމަރާށެވެ! އެކަންތައްތަކާމެދު އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.“
”ރަނގަޅު ގޮތުން މެނުވީ ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން މިނުމާއި ކިރުން އިންޞާފުވެރިގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް ނަފުސަކަށް އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ ގާތްތިމާގެ މީހަކާއިމެދުވެސް ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހްދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.“
އިންސާނާގެ އަގު
و آخر ما ذكرت السورة (قيمة الإنسان عند ربه)، و أنه خلق لغاية سامية، و حكمة عظيمة (عمارة الكون بمنهج الله)، و كأن الرسالة من الله تقول (وحدوا ربكم يملككم الأرض و يجعلكم خلائف
(وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ ۗ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ)
މާނައީ: ”އެކަލާނގެއީ ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް އެކަލާނގެ ދެއްވި ތަކެއްޗާމެދު ތިޔަބައިމީހުން އިމްތިހާންކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޢިޤާބު ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. “
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
النوم بالليل، و العمل و السعي بالنهار، هو الفطرة و هو الهدي الأكمل
ރޭގަނޑު ނިދުން ދުވާލު މަސައްކަތްކުރުން އެއީ އިންސާނާއަށް އެންމެ ފައިދާހުރި ގޮތެވެ.
من حقق التوحيد أمنه الله في الدنيا و الآخرة
ގިނަ ބަޔަކު ބާތިލަށް ތަބާވުމަކީ ބާތިލު މަގު ރަނގަޅުވުމުގެ ދަލީލެއް ނޫނެވެ. މި ޙަޤީޤަތް އަންނަނިވި އާޔަތުން ދޭހަވެއެވެ.
وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ
އަދި ބިމުގައިވާ ގިނަމީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއްނުވެއެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ އެއުރެން ނުވެތެވެ.
(سورة الأنعام:116)
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ( مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ ) رواه مسلم (2703)
މާނައީ: ” ހުޅަނގު ފަރާތުން އިރުއެރުމުގެ ކުރިން ތައުބާވެއްޖެ މީހާގެ މައްޗަށް الله ތައުބާ ލައްވައެވެ.“
މި ޙަދީޘްފުޅާއި ގުޅޭ އާޔަތެއް މި ސޫރަތުގައި ވެއެވެ. އެއީ:
هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ ﴿١٥٨﴾
އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ.
44ވަނަ އާޔަތުގައިވަނީ އިސްތިދުރާޖުގެ ވާހަކައެވެ.
إذا رأيت الله يعطي العبد من الدنيا على معاصيه ما يحب فإنما هو استدراج
އިސްތިދުރާޖަކީ އަޅަކު ފާފަކުރަމުން ދިޔުމާއެކުވެސް އެ އަޅާއަށް ނިޢްމަތްތައް ދެއްވަމުން ގެންދިޔުމެވެ. އަދި އޭނާގެ ފާފަތަކުގެ ދުނިޔެވީ ޢުޤޫބާތް ލަސްކޮށްދެއްވުމެވެ. އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް މާތްﷲ އެއުރެން ހިއްޕެވުމެވެ.
فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
﴿٤٤﴾
ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންކަން ހަނދާންނައްތައިފިހިނދު (އިމްތިހާނެއްގެ ގޮތުން) ހުރިހާ ކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައި ތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ.