Uncategorized
ތިމާއަށް ޙައްޤުނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެއް: ހުކުރުޚުތުބާ

ތިމާއަށް ޙައްޤުނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެއްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ތަރިކަމުދަލުގައި ޖެހެވޭ ސަބަބުތަކުގެ ތެރޭގައި، އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިޔުން ވެއެވެ. އެކަމާހެދި، އެހެން ވާރުތަވެރީންގެ ޙައްޤަށް އަރައިގަނެވެނެއެވެ. ތިމާއަށް ޙައްޤުނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެކެވެ. މާނައީ: ހަމަކަށަވަރުން، އަނޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ! އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެއުރެން ނަކަންހުރެވަންނާނެތެވެ.” ހަދީޡެއްގެ މާނައިގައިވެއެވެ.  : “ބަނޑުހައިވެފައިވާ ދެ މިނިކާކުއްތާ  ބަކަރިތަކެއްގެ ތެރެއަށް ފޮނުވައިލެވުމުން، އެ ބަކަރިތަށް ހުސްކޮށް، އެ ތަން ފަސާދަކުރާ މިންވަރަށްވުރެ އންސާނާ މުދަލަށާއި، ޝަރަފަށް ދަހިވެތިވެ، އެދުން ބޮޑުވުމުގެ ސަބަބުން އޭނާގެ ދީން  ފާސިދުވެގެންދާ މިންވަރު ބޮޑުވެގެން ވެއެވެ.”

15