ނަބިއްޔާއަށް ކުރެވޭ ކޮންމެ ފުރައްސާރައަކާ އަހަރެެމެން ނުރުހުންވެ، ދިފާޢުގައި ބަސްބުނަންޖެހޭނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
މާތް ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނު ކުރައްވާފައިވާ ކަންކަމާ މެދު، މަލާމާތްކޮށް، ފުރައްސާރައިގެ މޭރުމުން ބަސްބުނުމުގެ ޙައްޤަކީ، އެއްވެސް ބަޔަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އިތުރު އެކަލޭގެފާނުގެ އެންމެހާ އަމަލުފުޅުތަކަކީ، އިލާހީ އަމުރުފުޅުތަކަށް ތަބާވެވަޑައިގެންނެވުމުގެ ގޮތުން ކުރައްވާފައިވާ ކަންކަމެވެ. އެގޮތުން، އެކަލޭގެފާނުގެ ޒަވާތީ ޙަޔާތްޕުޅަކީ، ހެޔޮލަފާ ޖީލެއް ބިނާކޮށް ރަނގަޅު މުޖްތަމައެއްގެ ބިންގާ އެޅުމުގެ އެންމެހައި، ފިލާވަޅުތައް އެދިރިއުޅުއްވުމުން ފެންނަން ހުރި ނަމޫނާ ޙަޔާތްޕުޅެކެވެ. ކަންމިހެން އޮތް ނަމަވެސް، އަދުގެ ދުނިމޭގައި މާތް ނަބިއްޔާ ﷺ ގެ ޒަވާތީ ޙަޔާތްޕުޅާ ބެހޭގޮތުން، އިތުރު އެކަލޭގެފާނަށް ފުރައްސާރަކުރާ މީހުން ބުހުތާން ދޮގު ފަތުރަމުންދާކަމީ، ފެންނަމުންދާ ޙަޤީޤަތެވެ. މިފަދަ ކޮންމެ ކަމަކާ މެދު، އަހަރެމެން މުސްލިމުން ނުރުހުންވެ، މާތް ނަބިއްޔާގެ ދިފާއުގައި ބަސްބުނެ، އެކަލޭގެފާނު ދެއްކެވި ރިވެތި ނަމޫނާއާ އެއްގޮތަށް، އަހަރެމެންގެ އުޅުންތަކާއި ގުޅުންތައް ބިނާކޮށް، މުޅި ދުނިޔެއަށް ނަމޫނާ ބަޔަކަށް ވާންޖެހެއެވެ.
މުސްލިމުންގެ މާތް ނަބިއްޔާ، މުޙައްމަދު ﷺ ގެ އިއްޒަތާއި ކަރަމާތަށް އުނިކަން ގެނައުމަށްޓަކައި، އަދާވާތްތެރި ބާރުތަކުން، އަބަދުވެސް
މަސައްކަތް ކުރެއެވެ. މިއަދު ވެސް އެކަން އެބަ ކުރިޔަށް ގެންދެއެވެ. އެއީ މިޒަމާނުގައި ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބަސް ވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާ ޅިލާފު ނުހަނު ދަށުދަރަޖައިގެ އަމަލެކެވެ. ޙަޤީޤީތަށް ލޯބިކުރާ ކޮންމެ އިންސާނަކު، މި ފަދަ ނުބައި ކުށްވެރިކުރާނެއެވެ. ބައެއް ފަހަރު މުހައްމަދުﷺ މަތިވެރި ޝަޚްސިއްޔަތަށް ނިސްބަތްކޮށްގެން މުސްލިމުންގެ މި ދިވެހި ފަސްގަނޑުގައި ވެސް، އެކި ފާޑު ވާހަކަތައް ޝާއިޢު ކުރާތީ ފެނެއެވެ. ޝައްކެއްނެތް ގޮތުގައި، އެފަދަ ދޮގު ލިޔުންތައް އުފައްދައި އާއްމު ކުރާ މީހުންނަކީ، ހަޤީޤީ ފާސިދު ބައެކެވެ. އެ މީހުންގެ ބޭނުމަކީ، މުޅި ދުނޔިެއަށް ފެތުރިފައިވާ ﷲ ގެ ދިން މީސްތަކުން އޮޅުވައިލުމެވެ. މީސްތަކުން އިސްލާމްދީނަށް ނަފުރަތު ކުރުވައި، އެ ދީނާ ދުރުކުރުވުމެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީން ނުހަނު ބާރަށް ފެތުރެމުން އަންނާތީ ގަންނަ ބިރެއްގެ ސަބަބުން ހިންގާ އަމަލުތަކެކެވެ. މާތް ﷲ ވަހީ ކުރައްވފައިވެއެވެ.