އިޚްތިޔާރުކުރެވޭ އަންހެންމީހާގެ ކިބާގައި، ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިހެންމީހާގެ ކިބާގައި ވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިޔަކު އިޚްތިޔާރު ކުރަން ޖެހެއެވެ. އިޚްތިޔާރުކުރެވޭ އަންހެންމީހާގެ ކިބާގައި، ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިހެންމީހާގެ ކިބާގައި ވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހެއެވެ. މިގޮތުން ދީންވެރި، އޯގާތެރިދީންވެރި، ޙުލްޤް ހެޔޮ މީހަކު ދެނެގަތުމަށްޓަކައި އެމީހެއްގެ އާއިލާގެ މީހުންގެ އުޅުމަށް ބަލައިފިނަމަ، އެކަން ގިނަފަހަަރަށް އެނގޭނެއެވެ. ނަމަވެސް ތިމާ ނުދަންނަ އަދި އެ މީހެއްގެ މައިންބަފައިންނާއި އާއިލާ ވެސް ނުދަންނަ މީހަކު، ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކޮށްފިނަމަ ހިތި ތަޖްރިބާތަކަކާ ކުރިމަތިލާން ޖެހިފައި ވަނީ މަދު ފަހަރަކު ނޫނެވެ.
ތިބާ އިޚްތިޔާރުކުރާ ޙަޔާތުގެ ބައިވެރިޔާއަކީ، ޝަރަފުވެރި، ހަރުދަނާ ޚާންދާނަކަށް ނިސްބަތްވާ، ރަނގަޅު ސިފަތަކެއްގެ ވެރިއެއް ބަލާލެެވެނީ ކޮން އިރަކުހެއްޔެވެ؟ މިގޮތަށް އަމަލު ކުރުމަކާ ނުލައި، އިހްތިޔާރުކުރާ ބައިވެރިޔާގެ ޙަގީ ސޫރަ ފެންނަށް ފަށަނީ، ކައިވެނިކޮށް ދަރިން ވެސް ލިބޭ ފަހުންނެވެ. ނަތީޖާއަކަށް ވަނީ އެއްކުއްޖަކު ނުވަތަ ދެކުއްޖަކު ލިބޭފަހުން އާއިލާ ރޫޅި، ވިއްސިވިހާލިވެގެންދިއުމެވެ. އޭގެ ސަބަބުން އެންމެ ބޮޑަށް ނިކަމެތިކަން ލިބެނީ، އެދެމަފިރިންނށް ލިބިފައިވާ ތުއްތު ކުދިންނަށެވެ. އެ ކުދިންނަށް މިފަދަ ޙާލެއް އަހަރެމެން ކުރިމަތިކުރުވާއިރު،
މިކަމުގައި އެ ކުދިންގެ ކުށަކީ ފަހެ ކޮބައިހެއްޔެވެ؟