އިބުރަތްތެރި ވާހަކަ
އަޖައިބުކުރުވަނިވި ވާހަކައެއް: އޭނާގެ މޫނު ކަޝްފުކޮށްގެން ނުވާނެއެވެ.

ޚަޠީބުލް ބަޣްދާދީ ރަޙިމަހުﷲ އޭނާގެ މަޝްހޫރު ފޮތް ”ތާރީޚު ބަޣްދާދު“ ގައި އަންނަނިވި ޢަޖާއިބު ޙާދިޘާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. މިވާހަކަ ރިވާކުރައްވާފައިވަނީ މުޙައްމަދު ބުން މޫސާ އަލްޤާޟީއެވެ.

މުޙައްމަދު ބުން މޫސާ އަލްޤާޟީ ވިދާޅުވިއެވެ. ”ހިޖުރައިން 286 ވަނަ އަހަރު އައްރައި އެވެ ކިޔުނު ރަށުގައި އެރަށުގެ ޤާޟީ މޫސާ ބުނު އިސްޙާޤްގެ އަރިހުގައި އަހަރެން އިނީމެވެ. އިރުކޮޅަކުން އަންހެނަކު އެތަނަށް އަތުވެއްޖެއެވެ. އޭނާގެ ވަލީވެރިޔާއާ އެކުގައެވެ. ވަލީވެރިޔާ ޤާޟީގެ އަރިހުގައި ދެންނެވީ އެކަނބުލޭގެ ފިރިމީހާ، އެކަނބުލޭގެ ކައިވެނީގެ ރަނަށްވާ 500 ދިރުހަމު އަދިވެސް ނުދޭކަމުގައެވެ. ފިރިމީހާ އެކަމަށް އިންކާރުކޮށްފިއެވެ. އެހިސާބުން ޤާޟީ ވިދާޅުވިއެވެ. ”ތިޔަބައިމީހުން ތިޔަބުނަނީ ތެދު ބަހެއް ކަމުގައިވާނަމަ އޭގެ މައްޗަށް ހެކި ގެންނާށެވެ.“

ފަހެ ހެކި ގެނައުމުން، އެ އަންހެން މީހާއަކީ ޙަޤީޤަތުގައިވެސް އޭނާގެ އަނބިމީހާތޯ ބެލުމަށްޓަކައި މޫނު ބެލުމަށް ޤާޟީ ހެކިވެރިޔަކަށް އެންގެވިއެވެ. އެހިނދު މީހަކު ތެދުވެ އެކަނބުލޭގެ އަރިހުގައި ކޮޅަށް ތެދުވުމަށް އެދުނެވެ. ފިރިމީހާއަށް މި މަންޒަރު ފެނި ފިރިމީހާ ސުވާލު ކުރިއެވެ. ތިޔަ އުޅެނީ ކީއްކުރަން ހެއްޔެވެ؟ އެހިނދު ހެކިވެރިޔާ ޖަވާބު ދިނެވެ. ”އެއީ ތިބާގެ އަނބި މީހާތޯ ބެލުމަށްޓަކައި އޭނާގެ މޫނު ބަލާށެވެ“

އެހިނދު ފިރިމީހާ ބުންނެވެ. ”ހަމަކަށަވަރުން އަހަރެން ޤާޟީގެ ކުރިމަތީގައި ހެކިވަމެވެ. އެކަނބުލޭގެ އެ ދަޢުވާކުރާ 500 ދިރުހަމަކީ އަހުރެން އެކަނބުލޭގެއަށް ދައްކަންޖެހިފައި އޮތް އެއްޗެއްކަމަށް އަހަރެން އެއްބަސް ވަމެވެ. ނަމަ ނަމަ އެކަނބުލޭގެ މޫނު ކަޝްފު ނުކުރައްޗެވެ.“

ފިރިމީހާ އަނބިމީހާ އާ މެދު ކަންތައްކުރި ޣީރަތްތެރިގޮތް ފެނިފައި އަނބިމީހާ ބުންޏެވެ. ”އަހަރެން ޤާޟީގެ ކުރިމަތީގައި ހެކިވަމެވެ. އޭނާއަށް ހަދިޔާއެއްގެ ގޮތުގައި އަހަރެން އެ 500 ދިރުހަމު ދީފީމެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އޭނާގެ ޛިންމާއިން އެކަން ބަރީއަކޮށްދީފީމެވެ.“

އެހިނދު އެފެނިގެން ދިޔަ މަތިވެރި އަޚްލާޤާމެދު ޢަޖާއިބުވެވަޑައިގެން ޤާޟީ ވިދާޅުވިއެވެ. ”މަކާރިމުލް އަޚްލާޤު“ ރިވެތި އަޚްލާޤުގެ ވާހަކަތަކުގެ ތެރޭގައި މި ވާހަކަ ލިޔާށެވެ.““

تاريخ بغداد وذيوله ط العلمية (13 / 55) 

✍️الشيخ محمد شافع

#SheikhShafiuQA

148