ޚަބަރު
އިލްމުން ދީނީކަންކަމަށް ޚާއްސަ ޑިޖިޓަލް ސުޓޫޑިޔޯއެއް ޤާއިމުކުރަނީ

އިލްމް ޖަމިއްޔާއިން ދީނީކަންކަމަށް ޚާއްސަ ޑިޖިޓަލް ސުޓޫޑިޔޯއެއް  ޤާއިމުކުރުމުގެ މަސައްކަތްފަށައިފިއެވެ. ލ.ފޮނަދޫގައި ޤާއިމްކުރާ ޑިޖިޓަލް ސުޓޫޑިޔޯވެގެންދާނީ ދީނީ އަދި އިޖުތިމާއީ ކަންކަން ކުރުމަށް ޚާއްސަ ސުޓޫޑިޔޯއަކަށެވެ. ސުޓޫޑިޔޯއިން ވީޑިޔޯ އަދި އޯޑިޔޯ ޕުރޮގުރާމްތަށް ހެދުމާއި ލައިވް ޕުރޮގުރާމްތަށް ހެދުމުގެ މަސައްކަތް ކުރެވޭނެކަމަށް އިލްމް ޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ. އެހެން ފަރާތްތަކުން ހިންގާ ދީނީ އަދި އިޖުތިމާޢީ އެކި ހަރާކަތްތަކަށް ސުޓޫޑިޔޯގެ އެހީ އެހީތެރިކަން ލިބޭނެކަމަށްވެސް ޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ.

އިލްމް ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ މި ވަގުތު ދީނީކަންކަން ކުރިއެރުވުމަށާއި މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕުރޮގުރާމްތަށް ޤައުމީ ފެންވަރެއްގައި ހިންގަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން އިލްމް ފޭސްބުކްޕޭޖަކީ ދިވެހިރާއްޖޭގެ ހިންގަމުންދާ ދީނީ ޕޭކްޖްތަކުގެ ތެރެއިން އެންމެ ޓުރެންޑިން އަދި އެންމެ ގިނަ ފުލޯވަރސް ތިބި އެއް ފޭސްބުކް ޕޭޖެވެ. ޕޭޖް ރީޗް 250،000އަށް އަރާއިރު އިލްމްގެ ވެބްސައިޓް، އިންޓާރގުރާމް، ޓިކްޓޮކް، ޓެލެގްރާމް، ވައިބަރ ކޮމިއުނިޓީއަކީވެސް ވަރަށް މަޤުބޫލު ސޯސަލް މީޑިޔާ ޕުލެޓްފޯމްތަކެކެވެ.

ސްޓޫޑިއޯގެ މަސައްކަތް މިހާރު ނިމިފައިވާ ހިސާބު

މި ވަގުތު އިމާރާތުގެ މަސައްކަތް ދަނީ ކުރެވެމުންކަން ވެސް ޖަމިއްޔާއިން ފާހަގަ ކުރެއްވިއެވެ.

ޒަމާނީ ފެންވަރެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ މި ސުޓޫޑިޔޯގެ ކަންކަން ކުރެވިގެންދަނީ އާންމު އެތަށް ރައްޔަތުންގެ ދީލަތި އެހީތެރިކަމާއެކުކަން ޖަމިއްޔާއިން ފާހަގަކުރެއްވިއެވެ. އަދި ޖަމިއްޔާއިން އުއްމީދުކުރަނީ މި ހަރަކާތްތަކަށް އާންމުންގެ އެހީތެރިކަން ލިބިގެންދިޔުމެވެ.

ސުޓޫޑިޔޯގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

777-00000-25357 (އިލްމް)  (ދިވެހިރުފިޔާ އެކައުންޓް)

777-00000-25358 (އިލްމް)  (ޑޮލަރ އެކައުންޓް)

މިފަދަ ހެޔޮ ކަންކަމަށް މަގުދެއްކުމަށް ކުރެވޭ އިންވެސްޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. [مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ] މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެހެޔޮކަންކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.”

0
  1. ޢަލީ

    ވަރަށް ރަނގަޅު ކަމެއް.. އެހީ ވާނަން އިން ޝާއަ ﷲ

  2. މުނީރު

    ވަރަށް ސަޅި

  3. Good work brothers