ޚަބަރު
މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށް : ހުކުރުޚުތުބާ

މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކެއްކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

މީގެ އިތުރަށް ފިތުރު ޒަކާތަކީ، އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެކެވެ. މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށެވެ. މި ޒަކާތުގެ ސަބަބުން އަހަރު ތެރޭގައި އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކަށްވުމުގެ އުފާ ކޮންމެ މުސްލިމަކަށް ޙާޞިލު ވެގެން ދެއެވެ.

 

ރަމަޟާން މަސް ނިމުނުކަމުގައި ވިޔަސް ރޯދަ ހިފުން ހުއްޓާ ނުލާށެވެ! ކީރިތި ރަސޫލާ މަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ރަމަޟާން މަހުގެ ރޯދައާ ވިދިގެން ޝައްވާލުމަހު ސުންނަތް ހަރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ. އެހެންކަމުން ޝައްވާލުމަހުގެ ހަރޯދަ ހިފުމަށް ސަމާލުކަން ދޭށެވެ! އެގޮތުން ހަރޯދަ ހިފުމުގައި ވިދިވިދިގެން ހަރޯދަ ހިފިޔަސް އަދި ވަކިވަކިން ހިފިޔަސް އެންމެރަނގަޅެވެ. ޝައްވާލުމަސް ނިމުމުގެކުރިން ހަރޯދަ ހިފައިފިނަމަ މުޅިއަހަރު ރޯދަހިފިކަމުގެ ޘަވާބު ޙާޞިލުވާނެއެވެ.

0