- ބަނޑުގައި އޮންނަ ދަރިފުޅު މަތިން ފިޠުރު ޒަކާތް ނެރެން ޖެހޭނެތަ؟
ގާތްގަނޑަކަށް މިމައްސަލައަކީ އިޖްމާޢުމައްސަލައެވެ. ޢިލްމުވެރިންގެ ރައުޔަކީ ބަނޑުގައި އޮންނަ ދަރިފުޅު މަތިން ފިޠުރު ޒަކާތް ނެރުމަކީ ވާޖިބުކަމެއް ނޫންކަމުގައެވެ. އެކަމަކު އެއީ މުސްތަޙައްބު ކަމެކެވެ.
- ދެމަފިރިން އެކަކު އަނެކަކަށް ފިޠުރު ޒަކާތް ނެރެވިދާނެތަ؟
އަނބިންނާއި ދަރިންގެ މަތިން ފިޠުރު ޒަކާތް ދެއްކުން ވާޖިބުވެގެންވަނީ ފިރިމީހާގެ މައްޗަށެވެ. ނަމަވެސް އަނބިމީހާ ހެޔޮ ހިތުން އިޚްލާޞްތެރިކަމާއިއެކު އެކަން ކޮށްދީފި ނަމަ އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއޮތީ އެކަން ފުރިހަމަކުރެވިފައެވެ. އަނބިދަރިން މަތިން ޒަކާތް ނެރުން ފިރިމީހާއަށް ލާޒިމުވެގެންވެއެވެ. އެކަމު ބާލިޣުވެ، އަމިއްލަ ފައި މައްޗަށް ތެދުވެ، އުޅޭ ކުދިންގެ މަތިން ޒަކާތް ނެރޭކަން ނުޖެހޭނެއެވެ. ވަޒީފާއަށް ނުދާ ބައެއް ފިރިން ތިބެއެވެ. މިފަދަ ޙާލަތުގައި، ދެމަފިރިން އެއްބަސްވާނަމަ،އަނބިމީހާފިރިމީހާގެމަތިންޒަކާތްދެއްކިދާނެއެވެ.
ފިޠުރު ޒަކާތާއި މުދަލު ޒަކާތާއި ހުރި ތަފާތު
– މުދަލު ޒަކާތްނުދިން މީހާގެ އަތުން ގަދަކަމުން ޙާކިމަށް ޒަކާތް ނެރެވެއެވެ. – މުދަލު ޒަކާތަކީ ކީރިތި ޤުރުއާނުގެ ޤަޠްޢީ ދަލާލަތުން އިސްލާމްދީނުގެ ރުކުނެކެވެ. –
ފިޠުރު ޒަކާތަކީ ވާޖިބެކެވެ. ފިޠުރު ޒަކާތް ޝަރުޢުކުރެއްވުމުގައި މަތިވެރި ޙިކްމަތްތަކެއްވެއެވެ. އޭގެ ތެރޭގައި:
(1) ބޭކާރު ވާހަކަތަކާއި ހަޑި ހުތުރު ފާޙިޝް ބަސްތަކުން ރޯދަވެރިޔާ ތާޙިރުކުރެއްވުން.
(2) އެއީ މިސްކީނުންނަށްވާ ކެއުމެއް ކަމުގައި ލެއްވުން. އޭގެ ސަބަބުން ޢީދު ދުވަހު މީސްތަކުންގެ ގާތުން ސަލާންޖަހަން ނުޖެހި، މުއްސަނދިންނާއެކު ޢީދުގެ އުފަލުގައި މިސްކީނުންވެސް ބައިވެރިވެވޭނެއެވެ.
ފިޠުރު ޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ، ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމެވެ. ޢުޛުރަކާއިނުލާ ޢީދުނަމާދަށްވުރެ ފަސްކުރުމަކީ މަކްރޫހަކަމެކެވެ. ޢީދު ދުވަހުގެ އިރުއޮއްސުމަށް ދާންދެން ފަސްކުޅައުމަކީ ޙަރާމް ކަމެކެވެ.
މުދަލު ޒަކާތް ނެރުން
- ޙިއްޞާއިން ޒަކާތް ނެރޭނީ ކިހިނެއް؟
ހިއްސާގެ ޒަކާތް ނެރުން ވާޖިބުވާ ފަރާތަކީ، ހިއްސާތަކުގެ ވެރިފަރާތެވެ. ހިއްސާދާރުންގެ ވަކީލުންގެ ހައިސިއްޔަތުން، ކުންފުނި ހިންގާ މީހުން ހިއްސާގެ ޒަކާތް ނެރެން ޖެހޭނެ ކަމަށް، ކުންފުނީގެ އަސާސީ ޤަވާޢިދުގައި ބުނެފައި ވާނަމަ، ނުވަތަ ކުންފުނީގެ ޢާއްމު ބައްދަލުވުމުގައި މި ގޮތަށް ނިންމައިފިނަމަ، ނުވަތަ ޤައުމުގެ ޤާނޫނުގައި ކުންފުނިތަކުން ޒަކާތް ނެރެން ލާޒިމު ކުރުވާނަމަ، ނުވަތަ ހިއްސާގެ ވެރިފަރާތުން ކުންފުނީގެ އިދާރާގައި އެކަން އެދިއްޖެނަމަ، އެކަން ކުރަން ޖެހޭ ފަރާތަކީ ކުންފުނި ހިންގުމާ ހަވާލުވެގެން ތިބި މީހުންނެވެ. އެއްވެސް ސަބަބަކާ ހުރެ ކުންފުނިން ޒަކާތް ނުނެރެފިނަމަ، ހިއްސާދާރުންގެ މައްޗަށް އެ މީހުންގެ ޒަކާތް ނެރުން ވާޖިބުވެއެވެ.
- ވިޔަފާރި މުދާ އަގު ކުރާނީ ކިހިނެއް؟
ވިޔަފާރި މުދަލުން ޒަކާތް ނެރުމަށް ޓަކައި އެންމެ ފުރަތަމަ ވިޔަފާރީގެ ސްޓޮކު ނަގާނީއެވެ. އެއަށްފަހު ހުރިހާ މުދަލެއްގެ އަގު އެ ވަގުތު ބާޒާރުގައި އެ މުދަލެއް ވިއްކާ އަގުން އަގު ކުރާނީއެވެ. އެއަށްފަހު އެއަށް އެތަނުގައިހުރި ފައިސާއެއް އެއްކުރާނީއެވެ. ދެން ފަހުން އަދާކުރާގޮތަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން ލިބޭނެކަން ޔަގީންވާ ފައިސާ އެއްކުރާނީއެވެ. ދެން މި އެއްޗެހީގެ ޖުމްލައިން ފިހާރައިގެ ދަރަނިތައް ކަނޑާނީއެވެ. އިސްވެދިޔަމަގުން ވިޔަފާރި މުދާ އަގުކޮށް ބަލާއިރު ނިޞާބު ހަމަވާނަމަ، އެއިން ޒަކާތަށް ނެރެން ޖެހޭނީ ސާޅީސްބައިކުޅަ އެއްބައެވެ. އެއީ 2.5%އެވެ.
މިސާލަކަށް ފިހާރައިގެ ސުޓޮކުގައި ހުރި މުދަލުގެ އަގަކީ 5000، ފިހާރައިގެ ބޭންކު އެކައުންޓްގައި ހުރީ 5000، ފިހާރައިގެ ތިޖޫރީގައި ހުރީ 5000، ދެން ފިހާރައިގެ ދަރަނީގެ ގޮތުގައި އޮތީ 1000. އެހެންވީމާ 5000+5000+5000-1000 =14000 ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ (14000*2.5%)
ޒަކާތް ދައްކާއިރު އަސްލަކީ ދަރަނިވެރިޔާގެ މުދަލުން ދަރަނި ކެނޑުމަށްފަހު ޒަކާތްދެއްކުމެވެ. އެހެންނަމަވެސް އެދަރަންޏަކީ ކަނޑައެޅިފައިވާ މުއްދަތަކުން ދައްކަމުންދާ ދަރަންޏެއްނަމަ އެދަރަނި މުދަލުން ނުކަނޑައި ޒަކާތްދެއްކުން ރަނގަޅުކަމަށް މިހާރުގެ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
- ސެކިޔުރިޓީ ޑެޕޮސިޓްއިން ޒަކާތް ނެރެން ޖެހޭނެތަ؟
ސެކިޔުރިޓީ ޑެޕޮސިޓްއިން ޒަކާތްދެއްކުމާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ސެކިޔުރިޓީ ޑެޕޮސިޓްއިން ޒަކާތްދައްކާކަށް ނުޖެހޭ ކަމުގައެވެ. އެއީ ދެސަބަބަކާއި ހުރެއެވެ. ފުރަތަމަ ސަބަބަކީ ސެކިޔުރިޓީ ޑެޕޮސިޓްގެ ގޮތުގައި އަތަށް އަރާނެ ވަރު ނޭނގޭތީއެވެ. ދެވަނަސަބަބަކީއެއީލިބޭނެއެއްޗެއްކަމުގައިޔަޤީންނުވާތީއެވެ.
މިސާލަކަށް އަޙުމަދު އެޕާރޓްމެންޓެއް ހިފުމަށްފަހު 60،000ރ ޑިޕޮސިޓްގެ ގޮތުގައި ގޭގެ ވެރިފަރާތަށް ދެއްކީ. އެ 60،000ރ ގޭގެ ވެރިފަރާތުގެ އަތުގައި ހުންނަތާ އަހަރެއްވީ. ޙަނަފީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ މިޙާލަތުގައި އަޙުމަދު، އެ ސެކިއުރިޓީ ޑިޕޮސިޓް އިން ޒަކާތް ދައްކަން ޖެހޭނެ. އެހެން ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް ސެކިއުރިޓީ ޑިޕޮސިޓަށް ބަހައްޓާ ފައިސާއިން ޒަކާތް ދައްކަން ނުޖެހޭނެ. މި މައްސަލައިގައި މެޖޯރިޓީ ޢިލްމުވެރިންގެ ރަޢުޔު ބިނާވެފައިވަނީ މައިގަނޑު 2 ސަބަބެއްގެ މައްޗަށް. ފުރަތަމަ ސަބަބަކީ، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އަތަށް އަރާނެވަރު ނޭނގޭތީ. އޭގައި ބައެއް ފަހަރު ގޭގެ ވެރި ފަރާތުން ކުލީގެ މުއްދަތު ނިމުމުން ގެ ޗެކްކޮށްފައި އެކި ތަންތަން ހުރީ ހަލާކުވެފައޭ ބުނެ، ކުއްޔަށް އުޅުނު މީހުންނަށް ސެކިއުރިޓީ ޑިޕޮސިޓް ނުދީ ވެސް ހިފަހައްޓާ. އަނެއްބައި ފަހަރު އަނބުރާ ދެނީ، ސެކިއުރިޓީ ޑިޕޮސިޓްގެ ދެބައިކުޅަ އެއްބައި. މެޖޯރިޓީ ޢިލްމުވެރިން ދައްކަވާ އަނެއް ސަބަބަކީ، ސެކިއުރިޓީ ޑިޕޮސިޓް އަލުން އަނބުރާ ލިބޭނެކަމުގެ ޔަޤީންކަން ނެތުން. ދެން އުފެދޭ ސުވާލަކީ ސެކިއުރިޓީ ޑިޕޮސިޓް އަލުން އަނބުރާ ލިބޭ ޙާލަތުގައި ކަންތައް ކުރާނީ ކިހިނެއް ތޯ؟ މިފަދަ ޙާލަތުގައި ސެކިއުރިޓީ ޑިޕޮސިޓް އިން ޒަކާތް ނެރޭނީ 1 އަހަރަށް. ކުރިން މިސާލަށް ބަލައިލަމާ ހިނގާ. އަޙްމަދު 5 އަހަރުދުވަހު އެޕާރޓްމެންޓްގައި އުޅެފައި ރަށަށް ބަދަލުވާން ނިންމުމުން އެގޭގެ ވެރިފަރާތުން އަޙްމަދު ބެހެއްޓި ސެކިއުރިޓީ ޑިޕޮސިޓްގެ ތެރެއިން 40،000ރ އަޙުމަދަށް ދިން. އެހެން ވީމާ މި ޙާލަތުގައި އަޙުމަދު ސެކިއުރިޓީ ޑިޕޮސިޓް އިން ޒަކާތް ދައްކަން ޖެހޭނީ %2.5*40،000
﴿خُذْ مِنْ أَمْوَالِهِمْ صَدَقَةً﴾ [التوبة: 103] މާނައީ: “އެމީހުންގެ މުދަލުން ޞަދަޤާތެއް ކަލޭގެފާނު ނަންގަވާށެވެ.”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. «أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ» [متفق عليه] މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިއެވެ. އެމީހުންގެ މުއްސަދިންގެ އަތުން ނެގެއެވެ. އަދި ފަޤީރުންނަށް ރައްދު ކުރެވެއެވެ.”
މަޞްދަރުތައް: ދިސަލަފިއްޔާ.ކޮމް
ކަވާސާ.ކޮމް