ނިދީގައި ބިރުވެރިކަމާއި އެކަނިވެރިކަން އިޙްސާސްވުމަކީ އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުންނަށް ކުރިމާތިވާ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި ކުރާނެ ދުޢާއެއް ނަބިއްޔާ ﷺ ދަސްކޮށްދެއްވާފައެވެ.
އެގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. (ތިޔަބައިމީހުންގެ ތެރެއިން މީހަކު ނިދީގައި ބިރުވެރިކަމާއި އެކަނިވެރިކަން އިޙުސާސްވެއްޖެނަމަ ކިޔާށެވެ.
“أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِه ِ وَعِقَابِهِ، وَشَرِّ عِبَادِه ِ وَمِنْ هَمَزَاتِ الشَّيْاطِيْنِ وَأَنْ يَحْضُرُوْنَ”)
މި ދުޢާގެ މާނައީ: “ﷲ ގެ ފުރިހަމަ ކަލިފުޅުތައް މެދުވެރިކޮށް، އެކަލާނގެ ކޯފާއިންނާއި، އެކަލާނގެ ސަޒާއިންނާއި، އެކަލާނގެ އަޅުތަކުންގެ ނުބައިކަމުންނާއި، ޝައިޠާނުންގެ ވަސްވާސްތަކުންނާއި އަދި އެ ޝައިޠާނުން (މިއަޅާގެ ގާތަށް) ޙާޟިރުވުމުން މިއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.”
ސުނަނު އަބީދާވޫދު (3893)(4/12) ޞަޙީޙު ޖާމިޢުއް ތިރުމިޛީ (3/171)
މިފަދަ އުނދަގޫތަކާއި ހާސްކަން ފިލުވާލުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ނަބިއްޔާ ﷺ ގެ އިރުޝާދުތަކުގައި އައިސްފައިވާ މިފަދަ ޒިކުރުތަކާއި ދުޢާތަކަށް ރައްކާތެރިވުންކަން ކަށަވަރެވެ.
މާތް الله އަޅަމެން އެންމެންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވާ ހާސްކަމާއި ބިރުވެރިކަމުން ދުރުކުރައްވާށިއެވެ!