ނަޞޭޙަތާއި އިރުޝާދު
ބޭގަރާރުވެ ކަންބޮޑުވުމުން ކުރާ ދުޢާ

ބޭގަރާރުވެ ކަންބޮޑުވުމުން ކުރާ ދުޢާ: ތިރީގައިވާ 04 ދުޢާއަކީ ބޭގަރާރުވެ ކަންބޮޑުވުމުން ކުރެވިދާނެ ދުޢާތަކެކެވެ. އަދި ތަކުރާރުކޮށް ކިޔުންވެސް ރަގަޅެވެ.

لا إِلَهَ إِلاَّ اللهُ العَظِيْمُ الحَلِيْمُ، لا إِلَهَ إِلاَّ اللهُ رَبُّ العَرْشِ العَظِيْمِ، لا إِلَهَ إِلاَّ اللهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ العَرْشِ الكَرِيْمِ

”މަތިވެރިވެ ކެތްތެރިވެވޮޑިގެންވާ، ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މަތިވެރި ޢަރުޝުގެވެރި، ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އުޑުތަކާއި ބިމުގެވެރި އަދި މާތް ޢަރުޝުގެވެރި، ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.“

اللَّهُمَّ رَحْمَتَكَ أَرْجُو فَلا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْن، ٍ وَأَصْلِحْ لِي شَأْنِي كُلَّهُ لا إِلَهَ إِلاَّ أَنْتَ.

”އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އުންމީދުކުރަނީ ހަމައެކަނި އިބަﷲގެ ރަޙުމަތަށެވެ. ފަހެ އެސްފިޔައެއްޖަހައިލާ ހިނދުކޮޅަކަށްވެސް މި އަޅާއާ މި އަޅާގެ ނަފްސު ޙަވާލުނުކުރައްވާނދޭވެ! އަދި މިއަޅާގެ ހުރިހާ ކަމެއް މި އަޅާއަށް އިޞްލާޙުކޮށްދެއްވާނދޭވެ! އިބަﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.“

لا إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظّالِمِيْنَ

”އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އިބަﷲ ހުސްޠާހިރުވަންތައެވެ. ހަމަކަށަވަރުން މިއަޅާ އަނިޔާވެރިންގެ ތެރެއިން ވީމެވެ.“

اللهُ اللهُ رَبِّ لاَ أُشْرِكُ بِهِ شَيْئاً.

”ﷲ އީ މި އަޅާގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއާ އެއްވެސް އެއްޗެއް މި އަޅާ ބައިވެރިއެއްނުކުރަމެވެ.“


މަސްދަރު: ޙިސްނުލް މުސްލިމް

 

30