ރަމަޟާން
ހާރުކެއުމުގެ 3 ފައިދާއެއް

1. އެއީ ބަރަކާތްތެރިވެގެންވާ ކެއުމެއް

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((تَسَحَّرُوا فإنَّ فِيْ السَّحُوْرِ بَرَكَةً)) أخرجه البخاري (١٩٢٣)، ومسلم (١٠٩٥)

”ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ.“

އަދިވެސް ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((عَلَيْكُمْ بِهَذَا السَّحُوْرِ، فإنَّهُ هُوَ الغِذَاءُ المُبَارَكُ)) صحيح الجامع ٤٠٨١

”ތިޔަބައިމީހުން ހާރުކެއުމުގެ މަތީގައި ދެމިތިބޭށެވެ. ފަހެ ހަމަކަށަވަރުން ބަރަކާތްތެރި ކެއުމަކީ އެއީއެވެ.“

2. ﷲ އާއި އެކަލާނގެ މަލާއިކަތުންގެ ޞަލާވާތް ލެއްވުން ލިބޭ ކަމެއް

އަދިވެސް ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((إنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّوْنَ عَلَى الْمُتَسَحِّرِيْنَ)) السلسلة الصحيحة ٣٤٠٩

”ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ހާރުކާމީހުންގެ މައްޗަށް ޞަލަވާތް ލައްވައެވެ.“

3. އަހުލުކިތާބީންނާ ޚިލާފުވުން

އަދިވެސް ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الكِتابِ، أَكْلَةُ السَّحَرِ)) صحيح مسلم ١٠٩٦

”އަހަރެމެންގެ ރޯދައާއި އަހުލުކިތާބީންގެ ރޯދައާއި ދެމެދުގައިވާ ފަރަޤަކީ ހާރުކެއުމެވެ.“

7