ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން ހާ ގޮވައިލާ އަޑުއަހާ ހިނދު، ފަހެ ﷲގެ ފަޟްލުވަންތަކަމަށް އެދޭށެވެ. (އެބަހީ މިފަދައިން ކިޔާށެވެ.
”اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ“
”އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަﷲގެ ފަޟްލުވަންތަކަމަށް އިބަﷲގެ ޙަޟްރަތުން މިއަޅާ އެދެމެވެ.“)
އެހެނީ ހަމަކަށަވަރުން އެ ހާ, މަލާއިކަތަކު ދެކެފިއެވެ.
އަދި ތިޔަބައިމީހުން ޙިމާރު ގޮވައިލާ އަޑުއަހާ ހިނދު، ފަހެ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދޭށެވެ.
(އެބަހީ: މިފަދައިން ކިޔާށެވެ. ”أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ“
”ރަހުމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ ﷲގެ ޙަޟްރަތުން އެދެމެވެ.“)
އެހެނީ ހަމަކަށަވަރުން އެޙިމާރު ޝައިޠާނަކު ދެކެފިއެވެ.“
(ރިވާކުރެއްވީ ބުޚާރީ 3303 އަދި މުސްލިމް 2729)
މަސްދަރު: ޙިސްނުލް މުސްލިމް