އިމާމް ނިމެންދެން ތަރާވީޙު ނަމާދުގައި މަޑުކޮށްފިނަމަ މުޅިރޭ އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބޭނެކަމަށް މިއަދު ހުކުރުޚުތުބާގައު ވިދާޅުވެއްޖެއެވެ.
ތަރާވީޙު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަތްކުރުމެވެ. ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީގަދަވެގެންވާ ސުންނަތެކެވެ. ދެރަކުޢަތުން ދެރަކުޢަތުން ރޭ އަޅުކަންކުރުމަށް ސުންނަތުން ސާބިތުވެފައިވެއެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގައި ތަރާވީޙު ނަމާދު ހިމެނެއެވެ. އަދި އިމާމް ނިމެންދެން އެ އަޅުކަމުގައި މަޑުކޮށްފިނަމަ މުޅިރޭ އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބެއެވެ.
ރޯދައަކީ ތިމަން ރަސްކަލާނގެއަށް
ޚާއްޞަ ވެގެންވާ އަޅުކަމެކެވެ. އެރޯދައަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއްނަމަ، ހަޑިހުތުރު ވާހަކަ ދެއްކުމާއި އަޑުގަދަކުރުމުން ދުރުހެލިވާހުށިކަމެވެ. އަދި މީހަކު ބަދުބަސް ބުނެ އަރައިރުން ވެއްޖެނަމަ، ތިމަންނަ މިހުރީ ރޯދައަށް ބުނާހުށިކަމެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ. ރޯދަވެރިއާގެ އަނގައިގެ ވަސް މާތް ﷲގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ވަސްމީރުކަން ބޮޑެވެ. ރޯދަވެރިޔާ އުފާވާނެ ދެވަގުތެއް ވެއެވެ.
ދެވަނައަށް ކުރަންޖެހޭ ކަމަކީ، ކީރިތި ޤުރްއާން ކިޔެވުމުގައި ވީހާވެސް ގިނަވަގުތު ހޭދަކުރެވޭތޯ ބެލުމެވެ. މިމައްސަރު މާތްކުރެވުނު އެއްސަބަބު ކަމުގައިވަނީ ކީރިތި ޤުރުއާން މިމައްސަރުގައި ބާވައިލެއްވުމެވެ.