ދީން
ސުވަރުގޭގައި ދުވަހަކުވެސް ބައްޔެއް ނުވާނެ!

އެނގިލައްވާތޯއެވެ؟ ސުވަރުގޭގައި ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. އަދި އަރިދަފުހުގެ އުނދަގުލެއްވެސް އެތާކު ނުޖެހޭނެއެވެ. ތިރީގައިވާ ޙަދީޘް ބަސްފުޅުން އެކަމަށް ދަލީލު ލިބެއެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

”ސުވަރުގެ ވަންނަ ފުރަތަމަ ޖަމާޢަތުގެ މީހުން ވަދެގެންދާނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. ދެން ވަންނަ ޖަމާޢަތުގެ މީހުން ވަދެގެން ދާނީ އަލިގަދަ ތަރިއެއް ފަދައިންނެވެ. އެބައިމީހުންގެ ހިތްތައް ވާހުށީ އުޖާލާވެގެންނެވެ. އެންމެ މީހެއްގެ ހިތްފަދައިންނެވެ. އެންމެ މީހެއްގެ ހިތް ފަދައިންނެވެ. އެއްވެސް ބާވަތެއްގެ ރުޅިވެރިކަމެއް ޚިލާފުވުމެއް ނުވާނެއެވެ. އެއިން ކޮންމެ މީހަކަށް ދެއަނބިން ލިބިގެން ވާނެއެވެ. އެއިން ކަނބަލަކު ދޮންކަމާ ރީތިކަމުން މަހުގެ ތެރެއިން ކަށީގެ މަދު ފެންނާނެއެވެ. އެބައިމީހުން ހެނދުނާއި ހަވީރު ﷲ އަށް ތަސްބީޙަ ދަންނަވާނެއެވެ. ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. ނޭފަތް ފޮޅާކަށް ކުޅުޖަހާކަށް ނުޖެހޭނެއެވެ. އެބައިމީހުންގެ ތަށިތަކާއި ކަންވާރުތައް ވާހުށީ ރަނާއި ރިހިންނެވެ. އަދި އެބައިމީހުންގެ ފުނާތައް ވާހުށީ ރަނުންނެވެ. އަދި އެބައިމީހުންގެ (ދުންއަޅާ) މަޖުމަރާތަކުގެ ލަކުޑި ވާހުށީ ބޮކަރުންނެވެ. އަދި އެބައިމީހުންގެ ގައިން ނިކުންނަ ދާފޮދުގައި ހުންނާނީ ކަސްތޫރި ވަހެވެ.“

(ޞަޙީޙުލް ބުޚާރީ)

މަސްދަރު: އައްޝައިޚް މުޙައްމަދު އިބްރާހީމް ނައިފަރު ގެ ފޭސްބުކް ޕޭޖުން

0