ނަޞޭޙަތާއި އިރުޝާދު
ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ މުޖުތަމަޢެއްގެ އެންމެ މުހިއްމު އެއް ލޭނާރެވެ. މި އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ވެފައި ވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރާ ބަޔަކަށްވާތީއެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ މުއުމިނުންގެ ސިފައެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ..) [التوبة: 71]

مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ.

މި އާޔަތުން އެނގޭ ގޮތުގައި ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުންވަނީ މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމާއި ނަޞްރުދިނުމުގެ ތެރެއިންނެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ އުއްމަތުގެ ފަލާޙާއި ކާމިޔާބުގެ އެންމެ މުހިއްމު ސަބަބުކަމުގައި ބަޔާންކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ [آل عمران: 104]

ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.

(من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان.) صحيح مسلم

މާނަ : ” ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ. “ތިބާގެ ބާރާއި ނުފޫޒު އިތުރުވާވަރަކަށް، މި ތަކުލީފު ތިބާގެ ކޮނޑުގައި އެޅޭ މިންވަރު ބޮޑުވެގެންދެއެވެ.

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމަކީ ފަރުދީ އަދި ޖަމާޢީ ވާޖިބެކެވެ. ތިބާގެ ބާރާއި ނުފޫޒު އިތުރުވާވަރަކަށް، މި ތަކުލީފު ތިބާގެ ކޮނޑުގައި އެޅޭ މިންވަރު ބޮޑުވެގެންދެއެވެ.

وقال الطبري: ”المُنْكر: ما أنكره الله، ورآه أهل الإيمان قَبيحاً فعْله؛ ولذلك سُمِّيتِ مَعصية الله مُنكراً، لأن أهل الإيمان بالله يَستنكرون فِعلها، ويَستعظمون رُكوبها“.

([1]) أصول الدعوة وطرقها ص82

1