ނަޞޭޙަތާއި އިރުޝާދު
ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވި ޒިކުރެއް އެނގޭތަ؟

މިއީ ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވި ޒިކުރެކެވެ. މި ޒިކުރު ކޮންމެ ނަމާދެއްގެ ފަހުކޮޅުގައި ނުވަތަ ނަމާދަށް ފަހުގައި ނުކިޔާ ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވިއެވެ. އެ ޒިކުރަކީ

(اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ)

މާނަ: “ އޭ ﷲ އެވެ! އިބައިލާހަށް ޒިކުރުކުރުމާއި އިބައިލާހަށް ޝުކުރުވެރިވުމާއި އިބައިލާހަށް ރިވެތި ގޮތުގައި އަޅުކަންކުރުމުގެ މައްޗަށް މިއަޅާއަށް މަދަދު ދެއްވާނދޭވެ!“

މި ޒިކުރާއި ގުޅޭގޮތުން މުޢާޒުގެފާނާއި މުޚާތަބުކުރައްވާ ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((يَا مُعَاذُ، وَاللهِ إِنِّي لَأُحِبُّكَ)) فَقَالَ لَهُ مُعَاذٌ: بِأَبِي أَنْتَ وَأُمِّي يَا رَسُولَ اللهِ، وَأَنَا أُحِبُّكَ. قَالَ: ((أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ أَنْ تَقُولَ: اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ)).

މާނައީ: ”އޭ މުޢާޒުގެފާނެވެ! ﷲ ގަންދީ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނު ދެކެ ތިމަންކަލޭގެފާނު ލޯބިފުޅު ވަމެވެ. ﷲ ގަންދީ ޙަދީޘް ކުރައްވަމެވެ.ހަމަކަށަވަރުން ކަލޭގެފާނުދެކެ ތިމަންކަލޭގޭފާނު ލޯބިފުޅުވަމެވެ. އޭ މުޢާޒުގެފާނެވެ. ކޮންމެ ނަމާދެއްގެ ފަހުގައި މި ޒިކުރު ނުކިޔާ ދޫކޮށްނުލާށެވެ. اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ“

رواه أبو داود وغيره وصححه الشيخ الألباني

202
  1. އާމިނާ

    إن شاء الله އަބަދުވެސް މި ذكر ކުރާނަން. އަޅަމެންނަށް ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމުގެ ވާގި ދެއްވާށި. اللهم آمين

  2. އާއިޝަތުއާދަމް

    އަބަދުވެސްކިޔަން

  3. Aaminath Hafeeza

    v beynun neygey ehchithah egen