މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ “ . قَالَ “ يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ.“ (رواه أبو داود و صححه الألباني)
މާނައީ: ”މީހަކު އޭނާގެ ގެއިން ނިކުންނަހިނދު ”بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ“ މިފަދައިން ކިޔައިފިނަމަ އޭނާއަށް ބުނެވެއެވެ. ”ތިބާއަށް ހިދާޔަތުލިބިއްޖެއެވެ. އަދި ފުދިއްޖެއެވެ. އަދި ތިބާ ރައްކާތެރިކުރެވިއްޖެއެވެ. ދެން ޝައިޠާނުން އޭނާއާ ދިމާކުރަން އުޅުމުން އެހެން ޝައިޠާނަކު ބުނެއެވެ. ”ހިދާޔަތުލިބި، ފުދިގެންވާ އަދި ރައްކާތެރިކުރެވިގެންވާ މީހަކާ ކަލެއަށް އުނދަގޫ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟“
”بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ“ މިޛިކުރުގެ މާނައީ: ”ﷲގެ އިސްމުފުޅުގެ ބަރަކާތުން(ނިކުންނަމެވެ.). މިއަޅާ ﷲއަށް ވަކީލުކޮށްފީމެވެ. އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ދުރުވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.“
جزاك الله خيرا
ވ ބޮޑަށް ޝުކުރިއްޔާ
Maashaa Allah