ނަޞޭޙަތާއި އިރުޝާދު
ޔޫނުސްގެފާނު މަހުގެ ބަނޑުތެރޭގައި ކުރެއްވި ދުޢާކުރުން ގިނަކުރަމާ!

މާތްﷲ ޞުބުޙާނަޙޫ ވަތަޢަލާ ވަޙީކުރެއްވިއެވެ. ﴿وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴿٨٨﴾ (އަލް އަންބިޔާއު 87، 88)

މާނައީ: ”އަދި ذُوْالنُّوْن (يُوْنُسގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.

ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިނުތަކުން ސަލާމަތްކުރައްވަމެވެ.“

ﷲ ތަޢާލާގެ ﴿ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴾ މާނައީ: ”އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިނުތަކުން ސަލާމަތްކުރައްވަމެވެ.“ މިބަސްފުޅުގެ ތަފްސީރުގައި ޙާފިޡް އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ. ”ދަތި އުނދަގުލުގައި ތިމަންމެން (ﷲއަށް) ތައުބާވެ ދުޢާ ކުރާނަމަ (އެބަހީ: لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ )، ބަލާގެ ހާލަތުގައި މިދުޢާ ކުރުން މާ އެދެވިގެން ވެއެވެ.“

އަދިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ވާރިދުވެފައިވާ ހަދީޘްފުޅެއްގައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. (( دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ ﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾  فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ ‏)) (ރިވާކުރެއްވީ ތިރްމިޛީ)

 މާނައީ: “ ذُوْالنُّوْن (يُوْنُس ގެފާނު)  އެކަލޭގެފާނު ބޮޑު މަހުގެ ބަނޑުގައި ވީހިނދު އެދުޢާއިން ދުޢާކުރެއްވިއެވެ. ” ﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ ، މާތްﷲ އެމީހެއްގެ ދުޢާ އިޖާބަނުކުރައްވާނޭ ދުޢާއެއް މީހަކު މިކަލިމަތަށް މެދުވެރިކޮށް މާތް ﷲގެ ހަޟްރަތުން ކަމަކަށް އެދި ނުދަންނަވެތެވެ.“

އިބުނުލް ޤައްޔިމު ރަޙިމަހު ﷲ އެކަލޭގެފާނުގެ ފޮތް ”އަލްފަވާއިދު“ ގައި ވިދާޅުވެފައި ވެއެވެ. ”ފަހެ ތަވްޙީދު ފަދައިން ދުނިޔޭގެ ދަތި އުނދަގޫތައް ދިފާޢު ކޮށްދޭނީ އިތުރު ކޮންކަމެއް ހެއްޔެވެ؟ އަދި ހަމަ އެފަދައިން އެއީ ތަވްޙީދާ އެކު ހިތާމަތަކުން މިންޖުވުމަށް ކުރެވޭ ދުޢާއެވެ. ذُوْالنُّوْن (يُوْنُس ގެފާނު)  ގެ ދުޢާއަކީ މުޞީބާތް ކުރިމަތިވެފައިވާ މީހަކު އެދުޢާއިން ދުޢާކޮށްފިނަމަ އެމީހެއްގެ ތަވްޙީދާއެކު އެމުޞީބާތެއް ފިއްލަވާ ދެއްވާނޭ ދުޢާއެކެވެ.“

13
  1. ޖަޒުލާން

    ޖަޒާކަﷲ ޚައިރަން