ރަމަޟާން
ރަމަޟާންމަހު ކުރާ ޢުމްރާގެ ޘަވާބު އެނގޭތަ؟

ޢުމްރާއަކީ މަތިވެރި މާތް އަޅުކަމެކެވެ. އެ އަޅުކަން އަދާކުރާ މީހާއަށް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ((الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا)) މާނައީ: ”އެއް ޢުމްރާއިން އަނެއް ޢުމްރާއާ ދެމެދު ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ޢުމްރާކުރުންވެއެވެ.“ (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)

ބައެއް މޫސުންތަކުގައި ކުރެވޭ ޢަމަލުތައް މާތް الله ވަނީ މާތްކުރައްވާފައެވެ. އެގޮތުން ޢުމްރާގެ އަޅުކަންވެސް ރަމަޟާންމަހު އަދާކުރާނަމަ އެކަމުގެ މާތް ކަމާއި މަތިވެރިކަން އިތުރުވެގެންދެއެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ( فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي ، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً )  ”ރަމަޟާންމަސް އަތުވެއްޖެނަމަ، ފަހެ ތިބާ ޢުމްރާ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރުވެގެން ވެއެވެ.“

މުސްލިމްގެ ރިވާޔަތުގައި ވެއެވެ. ( فَعُمْرَةٌ فِيرَمَضَانَ تَقْضِي حَجَّةً – أَوْ حَجَّةً مَعِي) ފަހެ ރަމަޟާންމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ ނުވަތަ ތިމަންކަލޭގެފާނާއެކީ ކުރެވޭ ޙައްޖަކާ އެއްވަރުވެގެން ވެއެވެ. روى البخاري (1782) ومسلم(1256)

ރަމަޟާން މަސް ފެށެން ދެން މާ ގިނަ ދުވެހެއް ނެތެވެ. މި މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށް މި ރަމަޟާންމަހު ޢުމުރާއެއް ވެވޭތޯ ބަލަމާ ހިނގާށެވެ!

ތިރީގައި މިވަނީ ރަމޟާންމަހު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ އިތުބާރުހުރި ގުރޫޕެއްގެ މަޢުލޫމާތެވެ. އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ ޕޯސްޓަށް ފިތާލާށެވެ.

83
  1. އެސޮރު

    މި ރަމަޟާންމަހު ޢުމްރާއަށް ދާހިތްވެއްޖެ

  2. ހުސެން

    ރޯދަމަސް ފެށެން ކިތައް ދުވަސް؟