އިބުރަތްތެރި ވާހަކަ
އަހަރެން ޤުރްއާންދެކެ ލޯބިވީ މިހެންވެ… 1

ކުއްޖަކު ކިޔައިދިނެވެ.

“އަހަރެންގެ ބައްޕަ، އަހަރެން ޤުރްއާނަށް ލޯބި ޖައްސުވާ، ޤުރްއާން ހިތުދަސްކުރުމަށް ބޮޑަށް މަސައްކަތްކުރުމަށްޓަކައި ބޭނުން ކުރީ ވަރަށް އާދައިގެ ގޮތެކެވެ. އެހެންނަމަވެސް، އެއީ ތަފާތު ގޮތެކެވެ. ބައްޕަ ބޭނުންކުރި ގޮތް ވަރަށް ކާމިޔާބެވެ. އެކަމުގެ ސަބަބުން އަހަރެން މިއަދު މިވަނީ ޤުރްއާން އެއްކޮށް ހިތުދަސްކޮށްފައެވެ.

އަހަރެން ޤުރްއާން ކިޔަވަން އިށީނދެ އިންދާ ބައްޕައަށް ފެނިއްޖަނަމަ، ހިނިތުންވެރި މޫނަކާއެކު އާދެއެވެ. އައިސް އަހަރެން ބޮލަށް ބޮސްދެއްވަމުން ބުނެއެވެ. “ދަރިފުޅާއެވެ! ބައްޕަ ދަރިފުޅަށްޓަކައި ފަޚުރުވެރިވަމެވެ. އެއީ ދަރިފުޅު އަހަރުމެންގެ މި ގެ، ކީރިތި ޤުރްއާނުގެ ނޫރުން އަލިކޮށްދޭތިއެވެ.” އަދި އަހަންނަށްޓަކައި ހެޔޮ ދުޢާ ކޮށްދެއެވެ.

އަހަރެން ޤުރްއާން ހިތުދަސްކުރަމުން ދިޔައީ މިހެންނެއެވެ. ބައްޕަގެ ލޯތްބާއި އަޅާލުމާއި ބައްޕަގެ ހެޔޮ ދުޢާ އިތުރަށް ހޯދުމަށްޓަކައެވެ. އަދި އަހަރެމެންގެ ގެ، ކީރިތި ޤުރްއާނުގެ ނޫރުން އިތުރަށް ދިއްލުމަށްޓަކައެވެ.

 

މަޞްދަރު:70 طريقة تجعل أبناءك يحبون القران- د. عبد الله محمد عبد المعطي

0