ޚަބަރު
ޢާއިލީ މައްސަލަތައް ޙައްލު ކުރާތަނަކީ ސޯޝަލް މީޑިއާ ކަމުގައި ހެއްދެވުން ރަނގަޅެއްނޫން: އައްޝެއިޚް އިބްރާހިމް ރަޝީދު ޙަސަން

ޢާއިލީ މައްސަލަތައް ޙައްލު ކުރާތަނަކީ ސޯޝަލް މީޑިއާ ކަމުގައި ހެއްދެވުން ރަނގަޅެއްނޫން ކަމުގައި ޝެއިޚް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. މިކަން ބަޔާންކޮށް ޝެއިޚް ފޭސްބުކުގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ ޢާއިލީ މައްސަލަތައް ޙައްލު ކުރާތަނަކީ ސޯޝަލް މީޑިއާ ކަމުގައި ހެއްދެވުން ރަނގަޅެއްނޫން. ކޮންމެ ޢާއިލާއެއްގަވެސް މައްސަލަ ހުރެދާނެ. އެކަމަކު އެކަން ދުނިޔޭގަތިބި އެންމެނަށް އެނގޭކަށް ނުޖެހޭ. ޖެހޭ މައްސަލަތައް ހައްލުކުރުމަށް ރީތިގޮތް އިޚްތިޔާރު ކުރަންޖެހޭ. ފިތުނަ އުފެދޭ ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ!“

ޝޯސަލް މީޑީޔާގައި ޚާއްސަކޮށް ފޭސްބުކުގައި ވަރަށްގިނަ ފަހަރަށް މިކަހަލަ ބައެއް މައްސަލަތުގައި އާއިލާ މެމްބަރުން އެކަކު އަނެކަކަށް އެއްޗިހިގޮވާ ހަދަމުންދެއެވެ. މިފަދަ ޝޯސަލް މީޑިޔާގެ ވަސީލަތް ލިޔެވޭ އެއްޗެހި ފަހުން ޑިލީޓްކުރެވުނަސް އެއްފަހަރާ އެތަށް ބަޔަކަށް އެ ލިޔެފަ ހުންނަ އެއްޗިފެނެއެވެ. އަދި މިފަދަ ބައެއް ލިޔުންތަށް ސުކުރީންސޮޓްތަށް ނަގައިގެން އެހެން ފޭސްބުކް ޕޭޖްތަކުގައި ބައެއްފަރާތްތަކުން ޕޯސްޓްކުރަމުންދާކަން ފާހަގަވެއެވެ. ޝެއިޚްގެ ޕޯސްޓްގައި މައްސަލަ ހައްލުކުރުމަށް ރީތިގޮތް އިޚްތިޔާރުކުރަންޖެހޭކަން ބަޔާންކޮށް ނަސޭހަތްތެރިވެފައިވެއެވެ.

0