Uncategorized
ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޤިޔާމާ

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު:

ޤިޔާމަތް ދުވަސް

މި ސޫރަތުގެ މުހިއްމު ނުކުތާތައް 

ޤިޔާމަތް ދުވަހާއި މެދު މީސްތަކުންގެ ހިތްތަކުގައިވާ ޝައްކުތައް

މި ސޫރަތް ފެށިފައިވަނީ..

أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ

“އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށް ހެއްޔެވެ?”

އަދި ނިމިފައިވަނީ

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى

“ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ?”

މި އާޔަތްތައް އަލުންދިރުއްވުމާމެދު ފުންކޮށް ވިސްނުމަށް ބާރު އަޅައެވެ.

ހަމައެފަދައިން  ކުޅަދުންވަންތަކަމުގެ ހެކިތަކުގެ އަލީގައި އަލުންދިރުއްވުމަކީ ވާނެކަމެއްކަން ބަޔާންކުރެވިފައިވެއެވެ.

أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ‎﴿٣٧﴾

އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭ ހެއްޔެވެ?

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ‎﴿٣٨﴾‏

ދެން ގަނޑު ލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވާ ފުރިހަމަ ކުރެއްވިއެވެ.

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ

ފަހެ، އޭނާގެ ކިބައިން ފިރިހެން އަންހެން ދެ ބާވަތް އުފެއްދެވިއެވެ.

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ‎﴿٤٠﴾‏

އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުންދިރުއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެން ނުވޭ ހެއްޔެވެ?

މި ސޫރަތުގައިވާ ޢިބްރަތްތަކާއި ފަވާއިދު

قطعت هذه الآية كل عذر في عدم فبول الحق

بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ ‎﴿١٤﴾‏ وَلَوْ أَلْقَىٰ مَعَاذِيرَهُ ‎﴿١٥﴾‏

އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.

އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ.

ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ ﷲ ގެ ދީދާރުފުޅު ފެނުން

﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ [22] إِلَى رَبِّهَا نَاظِرَةٌ [23]﴾ [القيامة: 22، 23]

މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. [22] އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. [23]”

ކޮންފަދަ ހިތްގައިމުކަމަކާއި ނިޢުމަތާއި، ބާއްޖަވެރިކަމާއި އިޚްތިޔާރު ކުރެއްވުމެއް ހެއްޔެވެ؟ އެދުވަހުން އެބައިމީހުންނަށް ﷲ ތަޢާލާ ފެންނާނެއެވެ.

دوام المحاسبة، الطريق إلى دوام الاستقامة

  • އިސްލާމްދީންމަތީ ޘާބިތުވެވޭނީ އާދަވެ ނަފުސު ހިސާބުކޮށްގެން
  • ފާފަތަކާ ދުރުވިވަރަކަށް ޘާބިތުކަމާ އެކު ހުރެވޭނެ
  • ޘާބިތުކަންމަތީހުރުމަށް ފަރުޟު ފަސްނަމާދާ ޤުރުއާން ކިޔެވުން މުހިންމު.
0