ފަތިސްނަމާދުގެ އަހުލުވެރިންނަކީ އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެއް ކަމަށް ޝެއިޚް ޝާފިޢު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ”ފަތިސްނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެކެވެ. އެމީހުންގެ ނަފްސުތަކަށް ހަމަޖެހުން ލިބޭ ބައެކެވެ. އެމީހުންގެ ހަށިތަކަށް ހީވާގިކަން ލިބޭ ބައެކެވެ.”
އަދި މީގެ އިތުރަށް އެމީހުންނަކީ އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެބޭފުޅާ ކުރައްވާފައިވާ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “ފަތިސް ވަޤުތު ނިމި ދުނިޔެ މައްޗަށް އިރު އެރުމުގެ ކުރިން، ފަތިސް ނަމާދު ކުރާ މީހާގެ ޙަޔާތަށް ބާއްޖަވެރިކަމުގެ އިރު އަރަން ފަށާ” ކަމުގައެވެ.
ވަރަށްވެސް ތެދު ވާހަކަތަކެކެވެ. އަޅަމެން އެންމެންނަކީ ފަތިސްނަމާދަށް ރައްކާތެރިވާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން