ނަޞޭޙަތާއި އިރުޝާދު
ކެތްތެރިވުމަށް އެހީވެދޭނެ 2 ކަމެއް!

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ކެތްތެރިވުމަށް އެހީވެދޭ ކަންތައްތައް ބަޔާން ކުރައްވަވާފައިވެއެވެ.

އެކަލާނގެ ޠާހާ ސޫރަތުގެ 130 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

  1. ﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا

މާނައީ: ”އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ!“

އަދި ޤާފް ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

  1. ﴿وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ ﴾

މާނައީ: ”އަދި ރޭގަނޑުގައި އެކަލާނގެއަށް ތަސްބީޙަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، ތަސްބީޙަ ވިދާޅުވާށެވެ!“

އިބްނު ޢައްބާސްގެފާނު ވިދާޅުވާ ގޮތުގައި ”وَأَدْبَارَ السُّجُودِ“ އަކީ ވިތުރިއެވެ.

އަދި އެހެން ރިވާޔަތެއްގައި އެއީ ފަރުޟު ނަމާދުތަކުގެ ފަހުގައި ދުލުން ކުރެވޭ ޛިކުރުތައް ކަމަށޤ އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

ޢުމަރުގެފާނާއި އަދި އެނޫން އެހެން ޞާހާބީން އެއީ މަޢްރިބު ނަމާދުގެ ފަހުން ކުރެވޭ ދެރަކުޢަތް ކަމުގައި ވިދާޅުވެއެވެ. އިބްނު ޢައްބާސްގެފާނު ވެސް މިގޮތަށް ވިދާޅުވެއެވެ.

لفوائد لابن القيم الجوزية -رحمه الله-

73