ނަޞޭޙަތާއި އިރުޝާދު
ޤިޔާމަތްދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު އޭނާއާ ސުވާލުކުރެވޭނެ

ޤިޔާމަތްދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު އޭނާއާ ސުވާލުކުރެވޭނެ އެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُو۟لَـٰۤىِٕكَ كَانَ عَنۡهُ مَسۡـُٔولࣰا (ސޫރަތުލް އިސްރާ 36) މާނައީ: ”  ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވިއެވެ.

މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ ޢަމަލަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ، ބަލާބެލުމަކުން ކަމުގައި ވިޔަސް މެއެވެ. މަގުމަތީގެ ޙައްޤު އަދާކުރުމުގެ ތެރޭގައި ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުން ގެ ޢަމަލުތައް ހުއްޓުވުން ހިމެނެއެވެ.

މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާކަމެއް ނޫނެވެ. ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަޚުލާޤީގޮތުން ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. ބެލުންތައް ތިރި ކުރުމަށް ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި މިފަދަ ކަންތައް ވެސް ހިމެނޭނެ އެވެ.

 

0