ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ 4 – ބައެއް ޛިކުރުތައް

(أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ)) [رواه مسلم]

މާނައީ: ” ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ ހަތަރު ކަލިމައެކެވެ. އެއީ سُبْحَانَ اللهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ އަދި وَاللهُ أَكْبَرُ އެވެ.”

(لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، فَإِنَّهَا كَنْزٌ مِنْ كُنُوزِ الجَنَّةِ)) [رواه البخاري ومسلم]

މާނައީ: ” لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ އަކީ ސުވަރުގޭގެ ކަންޒުތަކުން ކުރެ ކަންޒެކެވެ.”

(مَنْ قَالَ: سُبْحَانَ اللَّهِ العَظِيمِ وَبِحَمْدِهِ، غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ)) [رواه الترمذي وصححه الألباني]

މާނައީ: “سُبْحَانَ اللَّهِ العَظِيمِ وَبِحَمْدِهِ މިފަދައިން ކިޔައިފި މީހަކު ދަންނައެވެ. އޭނައަށްޓަކައި ސުވަރުގޭގައި ކަދުރު ރުކެއް އިންދޭނެއެވެ.”

 

(كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي المِيزَانِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيمِ)) [رواه البخاري ومسلم]

މާނައީ: ” ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ، ދުލަށް ފަސޭހަވެގެންވާ، މީޒާނުގައި ބަރުވެގެންވާ ދެކަލިމައެއް ވެއެވެ. އެއީ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ العَظِيمِ އެވެ.”

(وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ لِلَّهِ تَمْلَآَنِ – أَوْ تَمْلَأُ – مَا بَيْنَ السَّمَاوَاتِ وَالْأَرْضِ)) [رواه مسلم]

މާނައީ: “އަދި الحَمْدُ لِلّٰهِ (މި ކަލިމަ) މީޒާން ފުރާލައެވެ. އަދި سُبْحَانَ اللهِ وَالحَمْدُ لِلّٰهِ، މި ދެ ކަލިމަ (ނުވަތަ މި ކަލިމަ)[1] އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލައެވެ.”

عَنْ سعد بن أبي وقاص – رضي الله عنه – قَالَ: كُنَّا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ، كُلَّ يَوْمٍ أَلْفَ حَسَنَةٍ؟» فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ: كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ؟ قَالَ: «يُسَبِّحُ مِائَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ» [رواه مسلم]

މާނައީ: ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިމަން ބޭކަލުން ތިއްބެވީއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ކުރެ ބޭކަލަކު، ކޮންމެ ދުވަހަކު އެއްހާސް ހެޔޮކަން ޙާޞިލުކުރުމަށް ނުކުޅެދިފާނެ ހެއްޔެވެ؟” ފަހެ އެކަލޭގެފާނުގެ އަރިހުގައި އެ މަޖިލީހުގައި އިންނެވި ބޭކަލަކު ސުވާލު ދެންނެވިއެވެ. ފަހެ ތިމަންބޭކަލުންކުރެ ބޭކަލަކަށް އެއްހާސް ހެޔޮކަން ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސަތޭކަ ފަހަރު سُبْحَانَ اللهِ ކިޔާށެވެ. ފަހެ އޭރުން އޭނާއަށްޓަކައި އެއްހާސް ހެޔޮކަން ލިޔުއްވޭނެއެވެ. ނުވަތަ އޭނާގެ ކިބައިން އެއްހާސް ނުބައިކަން ފުހެލެވޭނެއެވެ.”

0