ދިރާސާ
ޤުރުއާން ކިޔެވުމުން ހީވެސްނުކުރާ ގޮތްގޮތުން އެންމެހައި ކަންކަން ފަސޭހަވޭ:ޝެއިޚް މަޢްޞަރާވީ

“ކިތަންމެ ‘ބިޒީ’ ވިޔަސް ޤުރުއާނާއި ދުރު ނުވާށެވެ. ޤުރުއާން ކިޔަވަން ވަޤުތު ހޭދަކުރުމުން، އެކަމުގެ ސަބަބުން ތިމާގެ މުޅި ދުވަހުގައި ބަރަކާތްލެއްވެއެވެ. ކޮންމެދުވަހަކުވެސް ޤުރުއާން ކިޔަވަން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ކިތަންމެ ‘ބިޒީ’ ވިޔަސް މިއާދަ ދޫކޮށްނުލާށެވެ. ޤުރުއާން ކިޔެވުމުން ހީވެސްނުކުރާ ގޮތްގޮތުން އެންމެހައި ކަންކަން ފަސޭހަވެ ހިތަށް ހަމަޖެހުންލިބި އަދި ހިތާމަތައް ފިލައިގެންދެއެވެ.”
ޑރ.އަޙްމަދު ޢީސާ އަލް މަޢްޞަރާވީ.

މުޞްހަފުން އެއް ޞަފްޙާ ކިޔަވައިފިނަމަ، ތިބާއަށް 5000 ހެޔޮކަން ލިބޭނެއެވެ.
އެއް ފޮތް ކިޔަވައިފިނަމަ، ތިބާއަށް 100000 ހެޔޮކަން ލިބޭނެއެވެ.
ޤުރުއާން ޚަތިމުކުރާ ކޮންމެ ފަހަރަކު 3000000 ހެޔޮކަން ލިބޭނެއެވެ.
ﷲ އިރާދަކުރައްވާ މީހަކަށް މި ދެންނެވި މިންވަރު ތަކުގެ އިތުރަށްވެސް ޘަވާބު ގިނަގުނަ ކުރައްވައެވެ.
ޤުރުއާން ކިޔަވަން ކަންނެތްވާނަމަ މި ކަންކަން ހަނދާންކޮށްލާށެވެް.

 

0