ނަޞޭޙަތާއި އިރުޝާދު
އެމް.ޑީ.އެންްގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ 10 ފުރައްސާރަ

އެމް.ޑީ.އެންްގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ 10 ފުރައްސާރަ:

  1. ރަސޫލާ صلى الله عليه وسلم އަކީ ދުނިޔޭ ވެރިކަމާ ހެދި އުޅުއްވި ބޭކަލެއްކަމަށް ޞިފަކޮށްފައިވުމާއި އެކަލޭގެފާނަކީ ޢަދުލުވެރިކަމާއި ސުލްހަވެރިކަމަށް އުޅުއްވި ބޭކަލެއް ނޫންކަމަށް ސިފަކުރުން، (ޞ:12)
  2. ރަސޫލާ صلى الله عليه وسلم އަކީ ޤަތުލުއާއްމުހިންގާ މީހުން އަޅުވެތި ކުރެއްވި ބޭކަލެއްގެ ގޮތުގައި ޞިފަކުރުން (ޞ:16)
  3. ރަސޫލާ صلى الله عليه وسلم އަށް ޖޯކުޖަހައި، ކާޓޫނުކުރެހުމަކީ އެކަމާ މެދު މުސްލިމުން ރުޅިއައިސްގެން ވާނެ ކަމެއް ނޫންކަމަށް ބުނުން (ޞ:16-17)
  4. ރަސޫލާ صلى الله عليه وسلم އަކީ “ކުޑަވަރެއްގެ ކަލާނގެ” އެއް ކަމަށް ސިފަކުރުން. (ޞ:16-17)
  5. ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމަކީ “ހައްގެއް” ކަމަށް ބުނުން، (ޞ:16-17)
  6. ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމާއި ދެކޮޅު ހެދުމަކީ، އެކަން ކުރާ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ޞިފަކޮށްފައިވުން، (ޞ:16-17)
  7. ރަސޫލާ صلى الله عليه وسلم ގެ ކާޓޫނު ކުރެހުމާ ދެކޮޅަށް ރާއްޖޭގައި މީގެ ކުރިން ޝުއޫރު ފާޅުކޮށްފައިވާތީ އެކަމަށްވަނީ ފާޑުކިޔާފައިވުން. (ޞ: 16-17)
  8. ރަސޫލާ صلى الله عليه وسلم އަކީ މީހުން ކާފަރުކުރާ “ތަކްޕީރީ” ފިކުރުގެ ބޭކަލެއްކަމަށް ޞިފަކުރުން، (ޞ:22)
  9. ރަސޫލާ صلى الله عليه وسلم ގެ ޙަދީޡް ބަސްފުޅުތަކަށް ކުޑައިމީސްބަސް ރައްދުކޮށްފައިވުން، (ޞ:22)

10. މިޒަމާނުގައި މިއުޅޭ ހައްދުފަހަނަ އެޅި ޖާހިލުންނާއި މިއުއްމަތުގެ ސައުސާހިބާ އާ އެއްވަރު ކޮށްފައިވުން، (ޞ:22)

 

އެހެންކަމުން އެމްޑީއެން އުވާލުމަށް މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.

0