ނަޞޭޙަތާއި އިރުޝާދު
ފައިވާނަށް އަރަނީ ސުންނަތާ އެއްގޮތަށްތަ؟

ދިރިއުޅުމުގައި ޢާންމުކޮށް ކުރާ ކަންކަން ވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި އެއްގޮތަށް ކުރާނަމަ އެކަމަކުން ސަވާބު ލިބޭނެކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. މުހިންމީ އެކަމަށް ސަމާލުކަން ދިނުމެވެ. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ފައިވާނަށް ނުވަތަ ބޫޓަށް އަރަމުއެވެ. މިއިން ކޮންމެ ފަހަރަކުވެސް ސަވާބު ހޯދިދާނެއެވެ. ކޮޑަކަމެއް ހަނދާނުގައި ބަހައްޓައިލުމުންނެވެ.

އެއީ ފައިވާނަށް އަރާއިރު ކަނައަތުފައި އިސްކޮށްގެން ފައިވާނަށް އެރުމާއި ފައިވާނުން ފައިބާއިރު ވައަތް ފަރާތް ނުވަތަ ވައަތު ފައި އިސްކޮށްގެން ފޭބުމެވެ. ގިނަ ބައަކު މިކަން މިގޮތަށް ނުކުރަނީ ހަނދާން ނުހުންނާތީއެވެ. އަދި ބައެއް މީހުންނަށް ނުވެސް އެނގޭތީއެވެ.

0