ނަޞޭޙަތާއި އިރުޝާދު
ތިބާއަކީ މުޅި ދުވަހު ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެންވާ މީހަކަށް ވާން ބޭނުންހެއްޔެވެ؟
  1. ތިބާޢަކީވެސް މުޅި ދުވަހު ﷲ ތަޢަލާގެ ރައްކައުތެރިކަމުގައި ހުރެވިދާނެ މީހެކެވެ. އެއީ ޢާންމުކޮށް އެންމެންނަށް ﷲ ތަޢާލާ ހުޅުއްވަވައިލައްވަވާ ފުރުޞަތެކެވެ. ކޮށްލަން ޖެހޭ ހަމައެކަނި ކަމަކީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށްލުމެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރީމާ މުޅި ދުވަހު އެމީހާ ހުންނާނީ ﷲ ތަޢާލާގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. ﷲ ތަޢާލާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެހެންކަމަށްވާއިރު އެމީހާއަށް އިތުރު އެއްވެސް މީހެއްގެ ބެލެނިވެރިކަން ބޭނުމެއް ނުވާނެއެވެ. 

 އަހަރެމެންނަށް ބޭނުންވާ ރައްކައުތެރިކަމާއި ހިމާޔަތް މިހާ ފަސޭހައިން ލިބެން އޮތް އިރުވެސް އެކަމަށް އަހަރެމެން މިވަނީ ޣާފިލުވެފައެވެ. ﷲ ތަޢަލާގެ ރައްކައުތެރިކަން ދޫކޮށް އަހަރެމެން ރައްކައުތެރިކަން ހޯދަން މި މަސައްކަތް ކުރަނީ ﷲ ތަޢާލާ އުފެއްދެވި ހަމަ ތިބާ ފަދަ އިންސާނުންގެ ކިބައިންނެވެ. ބޮޑީ ގާޑުންނާއި ހަތިޔާރުގެ ބޭނުންކޮށްގެންނެވެ! ނިކަން ބުނެ ބަލާށެވެ! މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ހެއްޔެވެ؟ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟

މަސްދަރު؛ މިއަދު

0