މާނަ ރީތި އިސްލާމީ ނަމެއް ކުއްޖާއަށް ކިޔުމަކީ ކުއްޖާ އުފަންވުމާއިއެކު މައިންބަފައިންކުރަންޖެހޭ އެންމެ މުހިންމު ކަމެވެ. މި އަރޓިކަލްގައި މި ގެނެސްދެނީ މެދުއިރުމަތީ ޤައުމުތަކުގައި އަންހެންކުދިންނަށް ޢާއްމުކޮށް ކިޔާ ބައެއް ނަންތަކެވެ.
ސަހަރު سهر
ވަފާ وفاء
ނޫރާ نورة
ރީމާ ريما
ރަފީފް رفيف
މަލާކް ملاك
ރާނިޔާ رانيا
ޢަފާފް عفاف
އަރީޖް أريج
ހަނާ هنا
ޢީޝާ عيشة
ރީމް ريم
ދާލިޔާ داليا
ރަޣަދް رغد
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަގެ ހަދީޘް ފުޅުތަކުން އެގޭ ގޮތުގައި މާތްﷲ އެންމެ ބޮޑަށް ރުއްސަވާ ނަންފުޅުތަކުގެ ތެރޭގައި “އަބްދުﷲ” އަދި “އަބްދުރަޙްމާން” މިދެނަން ހިމެނި ވަޑައިގަންނަވާ ކަމަށެވެ.
ރަސޫލާ صلى الله عليه و سلمއަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، ކުދިންނަށް ކިޔާ ނަމަކީ ރިވެތި މާނައެއް އެކުލެވިގެންވާ އަދި އެކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއްކުރާ ކަހަލަ ނަމަކަށް ހެދުމަށެވެ. ކުދިންނަށް ނަންކިޔަންވީ ގޮތާބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޠް ކުރައްވާފައިވެއެވެ.: ” تُسَمُّوا بِأَسْمَاءِ الأَنْبِيَاءِ، وَأَحَبُّ الأَسْمَاء إِلَى اللّه : عَبْداللّه ، وَعَبْدُ الرَّحْمنِ ، وَأَصْدَقُهَا: حَارِثْ وَهَمَّامْ ، وَأَقْبَحُهَا: حَرْبُ وَمُرَّةُ ” ( أبى داود) މާނައީ: “ތިޔަބައިމީހުން ނަންކިޔާއިރު ނަބީބޭކަލުންގެ ނަންތަކުން ނަން ކިޔާށެވެ. އަދި ނަންތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ޢަބްދުﷲ އާއި ޢަބްދުއްރަހްމާން ފަދަ ނަންނަމެވެ. އަދި އެންމެ ތެދުވެރިކަން ބޮޑީ ޙާރިޠް އާއި ހުމާމްއެވެ.. އަދި އެންމެ ހުތުރުކަންބޮޑީ ޙަރްބު އާއި މުއްރަތު ފަދަ ނަންނަމެވެ.”
ކުދިންނަށް ނަންކިޔުމުގައި ކުއްޖާގެ ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އޮތުމަކީ އިސްލާމްދީންގައި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާصلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ:”إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَبِأَسْمَاءِ آبَائِكُمْ فَأَحْسِنوْا أَسْمَاءَكُمْ” )رواه أبو داود بإسناد حسن( މާނައަކީ:” ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުންނެވެ. ފަހެ ތިޔަބައިމީހުންގެ ނަންތައް ރިވެތިކުރާށެވެ.”