ނަޞޭޙަތާއި އިރުޝާދު
ހިތާ ނުލާ ދިރިހުރުމެއް ނެތް – ޢާއިލާ އާ ނުލާ ދިރިއުޅުމެއް ވެސް ނެތް: މުފްތީ މެންކް

އިންސާނާ ދިރިހުރުމަށްޓަކައި އެންމެ ބޭނުން އެއް ގުނަވަނަކީ ހިތެވެ. ކޮންމެ 24 ގަޑިއިރެއްގެތެރޭގައި ހިތް 100،000 ފަހަރާއި 140،000 ފަހަރާއި ދެމެދުގެ އަދަދަކަށް ލޭ ޕަމްޕްކޮށްދެއެވެ. މިޚިދުމަތަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ. ލާރިއެއްގެ ބައިކުޅަ ބައި ދައްކަންޖެހޭ ނަމަވެސް އިންސާނުން ތިބޭނީ ބަނގުރޫޓުވެފައެވެ. މި ނިއުމަތް މާތް ﷲ އިންސަނާއަށް ދެއްވެވީ އެ ނިއުމަތާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. މާތް ﷲ އަށް އީމާންވެ ތެދުވެރި ގޮތުގައި އުޅުމަށެވެ.

އިންސާނާގެ ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ހިތަކީ އެމީހާގެ ޢާއިލާއެވެ. ޢާއިލީ ދިރިއުޅުމެވެ. އިންސާނާގެ ހަށިގަނޑުގައިވާ ހިތާއި އިންސާނާގެ ދިރިހުރުމާއި ގުޅިފައިވާ ފަދައިން އިންސާނާގެ ދިރިއުޅުމާއި ޢާއިލާ އާއި ވަނީ ގުޅިލާމެހިފައެވެ. އެހެންކަމުން އަބަދުވެސް މަސައްކަތްކުރަންވާނީ ޢާއިލީ ހަމަޖެހުމަށެވެ. ޢާއިލާގެ ކުރިއެރުމަށެވެ. އެންމެން ގުޅިގެން އެކުގައި ދިރިއުޅުމަށެވެ.

މައިން ބަފައިންނަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. ބައްޕަގެ ކިބައިގައި ހުންނަ ނުބައި ސިފައަކުން މާތް ﷲ ޙަރާމްކުރެއްވެވި ކަމެއް ކުރަންވެސް ބުނެފާނެއެވެ. ބުނި ނަމަވެސް އެކަން ކުރުމެއް ނެތެވެ. ނަމަވެސް ބައްޕައަށް ޖަވާބުދޭންވާނީ ރިވެތިކަމާއިއެކުގައެވެ. އެކަން ނުކުރެވޭނެ ކަމާއި އެއީ މާތްﷲ ހަރާމް ކުރެއްވެވި ކަމެއްކަން ބުނެދޭނީ މަޑުމަޑުންނެވެ.

ދަރިން އަހަރު ނިމުމުން 98 އިންސައްތަ މާކްސް ހޯދައި ކްލާހުން 1 ވަނަ ހޯދައިގެން ގެއަށް އައުމުން އިތުރަށް މަސައްކަތްކޮށް 100 އިންސައްތަ ނުހޯދީތީ އެބަ ޝަކުވާ ކުރަމުއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ކުއްޖާ މާޔޫސް ނުކުރުވާށެވެ. ސްކޫލަށް ދިއުމަށް ހިތްވަރުދޭށެވެ. ކިޔަވަން މަސައްކަތްކުރަން ހިތްވަރުދޭށެވެ.

0