ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: ސޫރަތުލް މުޖާދަލާ

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

ﷲ ތަޢާލާގެ ޢިލްމުގެ މަތިވެރިކަން

ސޫރަތުގެ މުހިއްމު ނުކުތާތައް

  • الظهار ގެ ޙުކުމް ބަޔާންވެފައިވޭ
  • ހެޔޮ ކަންކަން ކުރުމަށް ސިއްރު މަޝްވަރާތައް ބޭއްވުމަށް އަމުރުކުރެއްވުން
  • ނުބައި ކަންކަން ކުރުމަށާއި މީސްތަކުންނަށް އުނދަގޫ ފޯރުވުމަށް ކަންކަން ކުރުމަށް ރޭވުމަށް ސިއްރު ބައްދަލުވުންތައް ބޭއްވުން ނަހީކުރެއްވުން

(أَلَمۡ تَرَ إِلَى ٱلَّذِینَ نُهُوا۟ عَنِ ٱلنَّجۡوَىٰ ثُمَّ یَعُودُونَ لِمَا نُهُوا۟ عَنۡهُ وَیَتَنَـٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِۖ وَإِذَا جَاۤءُوكَ حَیَّوۡكَ بِمَا لَمۡ یُحَیِّكَ بِهِ ٱللَّهُ وَیَقُولُونَ فِیۤ أَنفُسِهِمۡ لَوۡلَا یُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ یَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِیرُ)

ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް اللَّه سلام وحى ނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް سلام ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި اللَّه ތިމަންމެންނަށް عذاب ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ، އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا تَنَـٰجَیۡتُمۡ فَلَا تَتَنَـٰجَوۡا۟ بِٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِ وَمَعۡصِیَتِ ٱلرَّسُولِ وَتَنَـٰجَوۡا۟ بِٱلۡبِرِّ وَٱلتَّقۡوَىٰۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِیۤ إِلَیۡهِ تُحۡشَرُونَ)

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، تقوى ވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ތިޔަބައިމީހުން محشر ކުރައްވާހުށީ، ހަމައެކަލާނގެ حضرة އަށެވެ.

  • ޢިލްމުވެރިންގެ މަތިވެރިކަން
  • ރަސޫލާ صلى الله عليه وسلم އާ ހަރުއަޑުން މުޚާތަބުކުރުމުގެ ނުބައިކަން
  • الولاء و البراء

ރަސޫލާއަށް ކިޔަމަންވެ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ.

(لَّا تَجِدُ قَوۡمࣰا یُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ یُوَاۤدُّونَ مَنۡ حَاۤدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوۤا۟ ءَابَاۤءَهُمۡ أَوۡ أَبۡنَاۤءَهُمۡ أَوۡ إِخۡوَ ٰ⁠نَهُمۡ أَوۡ عَشِیرَتَهُمۡۚ أُو۟لَـٰۤىِٕكَ كَتَبَ فِی قُلُوبِهِمُ ٱلۡإِیمَـٰنَ وَأَیَّدَهُم بِرُوحࣲ مِّنۡهُۖ وَیُدۡخِلُهُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ رَضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُۚ أُو۟لَـٰۤىِٕكَ حِزۡبُ ٱللَّهِۚ أَلَاۤ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ)

اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ.

 

މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

1 އެ ސޫރަތެއްގެ ހުރިހާ އާޔަތެއްގައި ލަފުޒުލް ޖަލާލާ އައިސްފައިވަނީ މުޖާދަލާ ސޫރަތުގައެވެ.

2 ޢިލްމުގެ މަތިވެރިކަން

يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّـهُ لَكُمْ ۖ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿١١

ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

“ޢިލްމުގެ ސަބަބުން ޢިލްމުވެރިޔާގެ ދަރަޖަ ދުނިޔެއާއި އާޚިރަތުގައި މަތިވެރިވެގެންވެއެވެ. މީހަކަށް ލިބިފައިވާ ވެރިކަމެއްގެ ސަބަބުން ނުވަތަ މުއްސަނދިކަމެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން އެމީހެއްގެ ދަރަޖަ މަތިވެރިވިގެން ނުދާހާ މިންވަރަށެވެ. ޤަދަރާއި ޢިއްޒަތް ލިބިފައިވާ މީހާ ޢިލްމު އުނގެނުމަށް މަސައްކަތް ކުރާނަމަ އެކަމުގެ ސަބަބުން އޭނަގެ ޝަރަފްވެރިކަން އިތުރުވެގެންދެއެވެ. ދެރަ ނިކަމެތި އަޅުމީހާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އޭނައަށް ރަސްރަސްކަލުންގެ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.”

~ ~ الإمام ابن القيم رحمهُ الله ގެ އަލްފަވާއިދު

﴿الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّـهَ لَعَفُوٌّ غَفُورٌ [٢]

وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ [٣]

فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا﴾ [سورة المجادلة 2 – 4]

މާނައީ: “ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ ތިޔަބައިމީހުންގެ މައިންނެއް ނޫނެވެ. އެބައިމީހުންވިހޭ ކަނބަލުން މެނުވީ، އެބައިމީހުންގެ މައިންކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ޢަފޫކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. [2] އަދި އެބައިމީހުންގެ އަނބިންނަށް ޡިހާރުކޮށް، ދެން އެބައިމީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަސޭހަތް ދެއްވާގޮތެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [3] ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ!”

ޡިހާރަކީ ފިރިމީހަ އޭނާގެ ދާއިމީ މަހުރަމަކާއި އޭނާގެ އަނބިމީހާ އެއްފަދަ ކުރުމެވެ. މިގޮތުން ފިރިމީޙާ އޭނާގެ މައްޗަށް ދާއިމީކޮށް ހަރާމްވެފައިވާ އަންހެނަކާއި ނުވަތަ ނުވަތަ އެފަދަ އަންހެނުންގެ ހަށިގަނޑުން އެފިރިމީހާއަށް ބެލުން ހަރާމް ބަޔަކާ ތިމާގެ އަނބިމީހާ އެއްފަދަކޮށް ހަމަހަމަ ކުރުމަކީ ޡިހާރު ކުރުމެވެ. ޡިހާރު ކުރުމަކީ ޙަރާމްކަމެކެވެ.

 ޡިހާރުގެ ރުކުންތަކަކީ:

  • ޡިހާރު ކުރާމީހާ (ފިރިމީހާ)
  • ޡިހާރު ކުރެވޭމީހާ (އަނބިމީހާ)
  • އެއްގޮތްކުރެވޭ ފަރާތް (ފިރިމީހާއަށް ދާއިމީކޮށް ކައިވެނި ޙަރާމްވާ އަންހެނުން)
  • ޡިހާރު ކުރުމަށް ބުނާބަސް

ޡިހާރު ޞައްޙަ ވުމުގެ ޝަރުތު ތަކަކީ:

  • މުސްލިމަކަށްވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ޡިހާރު ކުރާ ދެމަފިރިންގެ މެދުގައި ކައިވެނީގެ ގުޅުން ދެމިއޮތުން
  • ޡިހާރު ކުރާކަމަށް ދަލީލުކުރާ ބަހަކުން އެކަމަށް ގަސްތުކޮށްގެން ބުނުން
  • ފިރިމީހާގެ މަޙްރަމަކާއި ނުވަތަ މަޙްރަމެއްގެ ހަށިގަނޑުން ބަޔަކާ އަނބިމީހާއެއްފަދަ ކުރުން
  • ސީދާ އަނބިމީހާއަށް އެބަސް ރައްދުކުރުން

 ޡިހާރު ކުރުމުގެ ސަބަބުން ލާޒިމުވާ ކަންތަކަކީ:

  • ޡިހާރުގެ ކައްފާރާ ދިނުމުގެ ކުރީގައި އަނބިމީހާއާއި ޖިމާޢުވުން ނުވަތަ އެމާނައިގައިވާ އެފަދަ އެއްވެސް ކަމެއް އޭނާއާ އެކު ކުރުން ޙަރާމްވުން
  • އަމިއްލައަށް ޙަރާމްކުރިކަންތައް ޙަލާލުކުރުމަށްޓާކައި ކައްފާރާ ދިނުން

 ޡިހާރު ކުރުމުގެ ކައްފާރާތަކުގެ ތަރުތީބަކީ:

  • މުއުމިނު އަޅަކު މިނިވަންކުރުން
  • ހަނދު މަހުގެ ދެމަސްދުވަހު ވިދިވިދިގެން ރޯދަހިފުން
  • 60 މިސްކީނުންނަށް ކާންދިނުން

 

((إِنَّكُمْ لاَ تَدْعُونَ أَصَمَّ وَلاَ غَائِبًا، تَدْعُونَ سَمِيعًا بَصِيرًا قَرِيبًا)) މާނައީ: ”ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ދުޢާކުރަނީ ބީރު އަދި ދުރުގައިވާ އިލާހަކަށް ނޫނެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ތިޔަ ދުޢާކުރަނީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، (މޮޅަށް އައްސަވާވޮޑިގެންވުމުންނާއި، މޮޅަށް ބައްލަވާވޮޑިގެންވުމުންނާއި، އަދި އެއިލާހުގެ ޢިލްމުފުޅުން) ގާތުގައި ވޮޑިގެންވާ އިލާހަކަށެވެ.“

އެ ސޫރަތެއްގެ ހުރިހާ އާޔަތެއްގައި ލަފުޒުލް ޖަލާލާ އައިސްފައިވަނީ މުޖާދަލާ ސޫރަތުގައެވެ.

ﷲ ތަޢާލާގެ ޝާމިލުވެގެންވާ ޢިލްމުފުޅު ހާމަކުރެއްވުން. އެއީ އެއިލާހު ބައްލަވާވޮޑިގެންވާކަމަށް ނަފްސު ތަރުބިއްޔަތުކުރުމަށާއި އެއިލާހާ ދެކޮޅުވެރިވުމާމެދު އިންޛާރުދެއްވުމަށެވެ.

ޢިލްމު ހޯދުމާއި ޢިލްމު އިތުރުކުރުމާ އެއްހަމަ ޝަރަފެއް ނުވެއެވެ. އެއީ ޙައްދެއް ނުވާ ޝަރަފެކެވެ. އޭގެ މޭވާ މިދުނިޔެ މަތީގައިވެސް ލިބެއެވެ. އަދި އޭގެ ގޮފިތައްވަނީ އަތްފޯރާ ފަށުގައެވެ. އެއަށް
އެދޭ މީހާއެވަނީ މަތިވެރިކަމުގެ މަގުގައެވެ. ވަޙީޘްބަސްފުޅުގައިވެއެވެ.

﴿يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ﴾ [سورة المجادلة ١١]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

ﷲ އިރާދަކުރެއްވިއްޔާ، ދީނީ ޢިލްމަށްވުރެ ބޮޑަށް އަޅާ ރައްކާތެރިކޮށްދޭ އެއްޗެއްނުވެއެވެ.

އެމަގުން ހިނގައިފިމީހަކަށް އެވަނީ ދާއިމަށް ސުވަރުގޭގައިވުމުގެ ތައުފީޤު ލިބިގެންނެވެ. އަދި އެންމެހާ މަޚްލޫޤުންވާނީ އޭނާއާމެދު ރުހިގެންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކަކީ އެންމެ ފުރިހަމަ، އެއްވެސް ގޮތަކުން އުނިކަމެއް ނުވާ ޞިފަފުޅުތަކެވެ. މިއާ ޚިލާފަށް މަޚްލޫޤުން ޞިފަތަކަކީ އެޞިފަތަކުގައި އުނިކަން އެކުލެވިގެންވާ ޞިފަތަކެކެވެ. މިސާލެއްގެގޮތުން އަޑު އެހުމުގެ ޞިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އައްސަވާވޮޑިގަތުމުގެ ޞިފަ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިވޮޑިގެންވެއެވެ. އެޞިފަފުޅުގައި އެއްވެސް އުނިކަމެއް ނުވެއެވެ. އެހެންކަމުން، އެއިލާހީ އެންމެހާ އަޑުތަކެއް އައްސަވާވޮޑިގެންވާ އިލާހެވެ. އެއްވެސް އަޑެއް އެއިލާހަށް ވަންހަނާވެގެންނުވެއެވެ.

I(58:1)

خولة بنت ثعلبة رضي الله عنها ގެ ޙާދިސާ
އެއްދުވަހަކު ޢުމަރުގެފާނު ނަމާދުން ނިމިވަޑައިގެން، ވަޑައިގަންނަވަނިކޮށް ގެއެއްގެ ކައިރީގައި ހުންނެވި މުސްކުޅި އަންހެން ބޭކަނބަލަކާއި ބައްދަލުވެވަޑައިގަތެވެ. އެ އަންހެން ޞަޙާބިއްޔާތާއި އަރާ ހަމަވެ، ޢުމަރުގެފާނު ސަލާމް ގޮވާލެއްވިއެވެ. އެ ކަމަނާ ސަލާމުގެ ޖަވާބު ދެއްވުމަށްފަހު، ޢުމަރުގެފާނާއި މުޚާތަބުކޮށް ދެންނެވިއެވެ. “ އޭ ޢުމަރެވެ. ކަލޭގެފާނު ތުއްޕުޅުއިރު ޢުކާޒުގެ ބާޒާރުގައި ކުޅެ އުޅުއްވިތަން ތިމަން ކަމަނާ ދެކެވަޑައިގަތީމެވެ. އޭރު ކަލޭގެފާނަށް މީސްތަކުން ކިޔައިއުޅެނީ “ޢުމައިރެވެ“ (ކުޑަ ޢުމަރެވެ. އެއަށްފަހު ކަލޭގެފާނު ޢުމަރަކަށް ވެއްޖެއެވެ. އަދި އެއަށްފަހު ކަލޭގެފާނު އަމީރުލް މުއުމިނީނަކަށް ވެއްޖެއެވެ. އޭ ޢުމަރެވެ. ކަލޭގެފާނު ރައްޔިތުންނާއި މެދު މާތް ﷲ އަށް ބިރުވެތިވާށެވެ. އަދި ދަންނާށެވެ. މަރަށް ފިލަން އުޅޭ މީހާ، އެއީ ކާމިޔާބަށް ފިލަން ދުވާ މީހެކެވެ. (ގިނަގިނައިން މަރު ހަނދާންކުރާމީހާ އަބަދުވެސް ހުންނާނީ ސީދާވެގެންވާ ތެދުމަގުގައެވެ.) މި ނަޞޭޙަތް އަޑު އައްސަވާފައި ޢުމަރުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އޭރު ޢުމަރުގެފާނު ގެ އަރިހުގައި ތިއްބެވި ޞަޙާބީން އެ ކަމަނާއަށް ދެންނެވިއެވެ. ”ކަލޭ ތި ކުރީ ކީއްހެއްޔެވެ؟ ކަލޭ ތި ކުރި ކަމަކުން އަމީރުލް މުއުމިނީން ރޮއްވާލައިފީމެވެ.“ އެހިނދު، ޢުމަރުގެފާނު، އެބޭކަލުންނަށް ދެންނެވިއެވެ. ”ތިމަންނައަށް ނަޞޭޙަތް ދެއްވި ބޭކަނބަލަކީ ކޮން ބޭކަނބަލެއްކަން އެނގިވަޑައިގަންނަވަމުހެއްޔެވެ؟ އެއީ خولة بنت ثعلبة އެވެ. އެއީ އެއަންހެނެއްގެ ބަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ހަތް އުޑުމަތިން އައްސަވާ ވޮޑިގެން އެ ކަމާމެދު ބަސް ވަޙީކުރެއްވި ކަމަނާއެވެ.

އެއްދުވަހަކު ޚައުލާގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ޝަކުވާ ދެންނެވިއެވެ.

ތިމަންނަ ގެ ފިރިމީހާ، ތިމަންނަ ظهار ކޮށްފިއެވެ. ތިމަންގެ ދަރިން ތިމަންނައާ ޙަވާލުކޮށްފިނަމަ، ތިބޭހުށީ ބަނދުހައިކަން މަތީގައެވެ. އަދި ދަރިން ތިމަންގެ ފިރިމީހާއާއި ޙަވާލުކޮށްފިނަމަ، ގެއްލި ހަލާކުވެދާނެއެވެ. ﷲ ގެ ރަސޫލާއެވެ. ތިމަން ކަންތައް ކުރަންވީ ކިހިނަކުންތޯއެވެ؟މިޙާދިސާ އާއި ވިދިގެން އަންނަނިވި އާޔަތްތައް ބާއްވާލެއްވުނެވެ.

قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِی تُجَـٰدِلُكَ فِی زَوۡجِهَا وَتَشۡتَكِیۤ إِلَى ٱللَّهِ وَٱللَّهُ یَسۡمَعُ تَحَاوُرَكُمَاۤۚ إِنَّ ٱللَّهَ سَمِیعُۢ بَصِیرٌ)

ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّـهَ لَعَفُوٌّ غَفُورٌ ﴿٢﴾

ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿٣﴾

އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّـهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّـهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ ﴿٤﴾

ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ.

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا مُحَمَّدُ بْنُ أَبِي عُبَيْدَةَ، حَدَّثَنَا أَبِي، عَنِ الأَعْمَشِ، عَنْ تَمِيمِ بْنِ سَلَمَةَ، عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ قَالَتْ عَائِشَةُ تَبَارَكَ الَّذِي وَسِعَ سَمْعُهُ كُلَّ شَىْءٍ ‏.‏ إِنِّي لأَسْمَعُ كَلاَمَ خَوْلَةَ بِنْتِ ثَعْلَبَةَ وَيَخْفَى عَلَىَّ بَعْضُهُ وَهِيَ تَشْتَكِي زَوْجَهَا إِلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ وَهِيَ تَقُولُ يَا رَسُولَ اللَّهِ أَكَلَ شَبَابِي وَنَثَرْتُ لَهُ بَطْنِي حَتَّى إِذَا كَبِرَتْ سِنِّي وَانْقَطَعَ وَلَدِي ظَاهَرَ مِنِّي اللَّهُمَّ إِنِّي أَشْكُو إِلَيْكَ ‏.‏ فَمَا بَرِحَتْ حَتَّى نَزَلَ جِبْرَائِيلُ بِهَؤُلاَءِ الآيَاتِ ‏{‏قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ‏}‏‏.‏

 

ރެފަރެންސް:

https://sscislaam.blogspot.com

ބައެއް މީހުން ހަމަ ރުޅިއަންނައިރަށް އެމީހުންގެ އަނބިންނަކީ އެމީހުންގެ މައިން ފަދަ ބައެއް ކަމުގައި ބުނެއެވެ. ރުޅި މަޑުވުމުން އެފަދަ ބަހެއް ބުނެވުނު ކަމަށްވެސް ނުހަދައި އެކީގައި އުޅެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެފަދަ ބަހެއް ބުނުމަށްފަހު އަނބުރައި ގެނެސް ރޭކުރަން ބޭނުންނަމަ، ދެމަފިރިންގެ ގޮތުގައި އެކުގައި އުޅެން ބޭނުންނަމަ ޖެހޭނީ ކައްފާރާ އަދާކުރާށެވެ.
ވިސްނުންތެރިކަމާއެކު އަޑުއަހާށެވެ. ޚައުލާ ބިންތި ތަލާބާ (ރޢ)ގެ ފިރިކަލުންނަކީ ވެސް އަދި އެކަމަނާއަކީވެސް އުމުރުފުޅުން ދުވަސްވީ ދެ ބޭކަލުންނެވެ. ފިރިކަލުންނަކީ ވަރަށް ކޯފާ ގަދަ ބޭކަލެކެވެ. އެހެންކަމުން އަނބިކަނބަލުންނަށް ތަފާތު ބަސްތައް ވިދާޅުވަމުން ގެންދެވި ބޭކަލެކެވެ. އެގޮތުން އެއް ދުވަހަކު އަނބިކަނބަލުންނަކީ މައެއް ފަދަ ބޭކަނބަލެއް ކަމަށްވިދާޅުވިއެވެ. އަދި ކޯފާ މަޑުވުމުން ވަޑައިގެން އަނބިކަނބަލުންނާއިއެކު ރޭކުރައްވަން އުޅުއްވެވިއެވެ.
ނަމަވެސް އެކަމަށް އެކަމަނާ އިންކާރު ކުރައްވަވައި އެކަމަނާ ބޭނުންފުޅުވީ ފިރިކަލުންގެ ޝަކުވާ ﷲ ތަޢާލާއަށް ދެންނެވުމަށެވެ. އެހެންވެ ވަޑައިގެން ރަސޫލް (ޞޢވ) އަށް އެކަމުގެ ޝަކުވާ ދެންނެވިއެވެ. އަދި މިއީ ﷲ ތަޢާލާގެ އަރިއަހުގައި ކުރައްވާ ޝަކުވާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހިނދު ހަތް އުޑުމަތިން ﷲ ތަޢާލާ އެކަމަނާގެ ޝަކުވާ އަޑުއްއްސަވައި އަންނަނިވި އާޔަތްތައް ވަގުތުން ބާވައިލެއްވެވިއެވެ.
“ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”
“ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
“އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
“ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ.”
(އަލްމުޖާދިލާ ސޫރަތުގެ 1 ން 4 އަށް)
މުސޫރަތަށް ނަން ދެއްވަވާފައި އެވަނީވެސް “ޝަކުވާކުރަން ދިއަ އަންހެނާ”ގެ ނަމުންނެވެ.
އެކަމަނާގެ ފިރިކަލުންނަކީ އެއްވެސް ތަނަވަސްކަމެއް ނެތް ބޭކަލަކަށްވުމުން އަޅަކު މިނިވަންކުރެއްވޭކަސް ނެތެވެ. މުސްކުޅިފުޅުވެފައިހުރި ވަރުން ރޯދައެއް ނުހިއްޕެވެއެވެ. ފަޤީރަކަސް ކާން ދެއްވާނެ ފައިސާއެއް ވެސް އަތްޕުލަކު ނެތެވެ. އެނގޭ ހެއްޔެވެ؟ އެ ކަމަނާއަށްޓަކައި ފިރިކަލުން އަލުން ރުޖޫޢަކޮށްދެއްވެވުމަސް އެހީތެރިވެވަޑައިގެން ދެއްވެވުމުގެ ގޮތުން 30 މީހުންނަށް ކާން ދެއްވޭނެ ފަދަ ހަމަޖައްސަވައިދެއްވެވީ ރަސޫލް (ޞޢވ)އެވެ. އަނެއްބައި ހަމަޖެއްސެވީ އެކަމަނާއެވެ.
އެއަށްފަހު އެކަމަނާގެ ފިރިކަލުން ވެވަޑައިގަތީ އެންމެ މާތް ފިރިންގެ ތެރެއިންނެވެ. ދުވަހަކުވެސް ހުތުރު ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ.
ވީމާ ދުލުން ބުނާ ބަސްތަކަށް ފަރުވާތެރިވާށެވެ! ރުޅި އިސްނުކުރާށެވެ! ހަޑިހުތުރު ބަސްތަކާއި ނުރައްކައުތެރި ބަސްތައް ދުލުން ނުބުނާށެވެ!
0