ދީން
ޤުރުއާންގެ ބަގީޗާ: ސޫރަތުލް ނިސާ

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއަކީ؛ ޢަދުލުވެރިކަމާއި ރަޙްމަތްވަންތަކަން

ނިސާ ސޫރަތުގެ މުހިއްމު ނުކުތާތައް
މުޖުތަމަޢެއް އުފެދިގެން އަންނަނީ އާއިލާތަކަކުން ކަމުގައިވާއިރު، އާއިލާތައް ހެޔޮގޮތުގައި ބިނާކުރާނެ ގޮތާއި މުޖުތަމަޢުގައި އެއްބައިވަންތަކަމާއި ކުލުނުވެރިކަމުގެ ރޫޙުއާލާކުރާނެ ގޮތުގެ އިރުޝާދުތައް މި ސޫރަތުގައި ދެވިފައިވެއެވެ. މިގޮތުން މި ސޫރަތުގެ 1 ވަނަ އާޔަތުން ދިހަ ވަނަ އާޔަތުގެ ނިޔަލަށް ބާރުއެޅިފައިވަނީ ގާތް ތިމާގެ މީހުންނަށާއި ޔަތީމުންނަށް ހެޔޮކޮށްހިތުމަށެވެ. މި ފަރާތްތަކުގެ ޙައްޤުތަކާއިމެދު އިހްމާލުވާ ފަރާތްތަކަށް ބޮޑުވެގެންވާ ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. މި ސޫރަތުގެ 11 ވަނަ އާޔަތާއި ބާރަވަނަ އާޔަތުގައި ބަޔާންވެފައިވަނީ ވާރުތަ މުދަލުގައި ފިރިހެނުންނަށް ޙައްޤުތަކެއް ވާފަދައިން އަންހެނުންނަށްވެސް ޙައްޤުތަކެއް ވާކަމެވެ. ބައެއް ޙާލަތްތަކުގައި ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ލިބެއެވެ. މި ސޫރަތުގެ 15 ވަނަ އާޔަތާއި18 ވަނަ އާޔަތުގައި ފާޙިޝްކަންކަމުން މުޖުތަމަޢު ޠާހިރުކުރުމަށް ބާރުއެޅިފައިވެއެވެ.
* މި ސޫރަތުގެ 19 ވަނަ އާޔަތުން 21 ވަނަ އާޔަތަށް އައިސްފައިވަނީ އަންހެނުންނަކީ މަތިވެރި ބަޔެއްކަމުގައެވެ. އަދި އެކަނބަލުންނަށް ހެޔޮކޮށްހިތުމަށް މި އާޔަތްތަކުގައި އަމުރުކުރައްވައިފައިވެއެވެ.
* ފާޙިޝް ޢަމަލުތަކަށް ވާޞިލުވެވޭ މަގުތައް ބަންދުކުރުމަށް ބާރު އެޅިފައިވެއެވެ. (ނިސާ ސޫރަތުގެ 22 ވަނަ އާޔަތުން 25 ވަނަ އާޔަތަށް)
* އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކަކީ މީސްތަކުންނަށް މަޞްލަޙަތު ހުރި ކަންކަން ގެނެސްދިނުމާއި ފަސާދަތަކާއި އުނދަގޫތައް ނެތިކޮށް، މީސްތަކުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. ދީނުގެ އެންމެހާ އަޙްކާމްތަކުގައި މުޅިންވެސް ވަނީ ހެވާއި ލާބައާއި ރަޙްމަތެވެ. (26ވަނަ އާޔަތުން 28 ވަނަ އާޔަތަށް)
* ބާޠިލުގޮތުގައި މުދާތައް ކެއުން ނަހީކުރެވިގެންވެއެވެ. ދެކޮޅުވެރިކަމާއި އަނިޔާވެރިކަމުގެ ނުބައިކަން ބަޔާންވެފައިވެއެވެ.(29 ވަނަ އާޔަތާއި 30 ވަނަ އާޔަތް)

ނިސާ ސޫރަތުން ލިބިދޭ މުހިއްމު ޢިބްރަތްތައް

﴿وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ﴾ سورة النساء 3
މާނައީ: “ޔަތީމުންނާމެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކައިވެނިކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّـهُ فِيهِ خَيْرًا كَثِيرًا﴾ سورة النساء 19
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ ތިޔަބައިމީހުންނަށް ޙަލާލުވެގެންވާ ކަމެއްނޫނެވެ. އަދި ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބައެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެއެވެ.”

﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّـهَ كَانَ عَلِيًّا كَبِيرًا ٣٤
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا ۗ إِنَّ اللَّـهَ كَانَ عَلِيمًا خَبِيرًا ٣٥
وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ٣٦﴾
سورة النساء 34 – 36
މާނައީ: ” ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ ފަހެ، އެކަނބަލުންނަށް ނަސޭހަތް ދޭށެވެ! އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ފަރާތެވެ. [34] އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ، ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހު ކަމުގައިވެއެވެ. [35]
ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާއަށް ފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި
ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. [36]

﴿وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ١٢٨
وَلَن تَسْتَطِيعُوا أَن تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ غَفُورًا رَّحِيمًا [١٢٩]
وَإِن يَتَفَرَّقَا يُغْنِ اللَّـهُ كُلًّا مِّن سَعَتِهِ ۚ وَكَانَ اللَّـهُ وَاسِعًا حَكِيمًا [١٣٠]﴾
سورة النساء 128 – 130
މާނައީ: “ފިރިމީހާ ދުރުހެލިވެ ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެ ގާތުން ކުރަންޖެހޭ ހޭދައަކާމެދު، އަދި ތިމާއަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤުވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ. [128] ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) ޢަދުލުވެރިވުމަކަށް ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވާނެއެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، ޞުލްޙަވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި ތިޔަބައިމީހުން (އެކަން) އިޞްލާޙުކޮށް ތަޤުވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ. [129] އަދި އެ ދެމީހުން ވަކިވާނަމަ، ﷲ ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެއެވެ. ތަނަވަސްވަންތަ ޙަކީމުވަންތަ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ. [130]”

ފުރަތަމަކޮޅު، ޒިނޭގެ ޙައްދު ޤާއިމު ކުރެވުނީ، މުޙްޞަނު މީހާގެ މައްޗަށް ރަޖަމެއް ނޫނެވެ. ޒިނޭގެ ޙައްދު މި އުއްމަތުގެ މައްޗަށް މާތް ﷲ ބާއްވައިލައްވާފައި ވަނީ ތަދްރީޖީކޮންނެވެ. (މަރުޙަލާ ތަކަކަށެވެ.)
އެގޮތުން، އެންމެ ފުރަތަމަ އޮތީ، ޒިނޭކޮށްފިކަން ޘާބިތުވެއްޖެ މީހަކަށް އަދަބުދީ މަލާމާތްކޮށް އެއްޗެހި ކިޔުމެވެ. އެއީ ނިސާ ސޫރަތުގެ 16 ވަނަ އާޔަތުންނެވެ. އެ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ. ((އަދި، ތިޔަބައިމީހުންގެ ތެރެއިން ފާޙިޝް ކަންތައް ގެނެސްގަންނަ ދެމީހުންނަށް (އެބަހީ؛ ޒިނޭކޮށްފި ދެމީހުންނަށް) ތިޔަބައިމީހުން މަލާމާތްކޮށް އަދަބުދޭށެވެ!))
އެއަށްފަހު، ދެން ބާއްވައިލެއްވުނީ، ޒިނޭކުރިކަން ޘާބިތުވެއްޖެ މީހާ، މަރާ ބައްދަލުވަންދެން ގޭގައި ބަންދުކޮށްފައި ބެހެއްޓުމުގެ ޙުކުމެވެ. އެއީ ނިސާ ސޫރަތުގެ 15 ވަނަ އާޔަތުންނެވެ. ((ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! )) މި ޙުކުމްތަކަކީ މުޙްޞަނުންނާއި، ޣައިރު މުޙްޞަނުންނަށްވެސް އެއްހަމައެއްގައި އައިސްފައިވާ ޙުކުމްތަކެކެވެ.
އެއަށްފަހު، ނިސާ ސޫރަތުގެ 15 ވަނަ އާޔަތުގައި މާތް ﷲ އެބައިމީހުންނަށް “މަގެއް ދައްކަވައިފުމަށްދާންދެން ގޭގައި ބަންދު ކުރާށެވެ” އޮތް ވަޙީ ބަސްފުޅުގެ މައްޗަށް މާތް ﷲ އެބައިމީހުންނަށް މަގެއް ދެއްކެވިއެވެ. އެއީ، ޣައިރު މުޙްޞަނުންނަށް (ކައިވެނި ނުކުރާ މީހުންނަށް) 100 އެތިފަހަރުން ޙައްދު ޖެހުމާއި، ޒިނޭކުރާ މުޙްޞަނުންނަށް (ޞައްޙަ ކައިވެންޏެއްކޮށްފައިވާ މީހުންނަށް) ރަޖަމުގެ ޙައްދު ޤާއިމުކުރުމެވެ.
އެގޮތުން، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. «خُذُوا عَنِّي، خُذُوا عَنِّي، قَدْ جَعَلَ اللهُ لَهُنَّ سَبِيلًا، الْبِكْرُ بِالْبِكْرِ جَلْدُ مِائَةٍ وَنَفْيُ سَنَةٍ، وَالثَّيِّبُ بِالثَّيِّبِ جَلْدُ مِائَةٍ، وَالرَّجْمُ»صحيح مسلم. މާނައީ: (ތިޔަބައިމީހުން އަވަހަށް ތިމަން ކަލޭގެފާނުގެ އަރިހުން މިޙުކުމްފުޅު ލިބިގަންނަ ހުށިކަމެވެ. އަވަހަށް ލިބިގަންނަ ހުށި ކަމެވެ. މާތް ﷲ އެކަބަލުންނަށް މަގެއް ދައްކަވައިފިއެވެ. އެއީ، ބިކުރުވެރިންނަށް 100 އެތިފަހަރުން ޙައްދު ޖެހުމާއި 1 އަހަރަށް އަރުވައިލުމެވެ. އަދި ކައިވެންޏެއްކޮށްފައިވާ މީހުންނަށް 100 އެތިފަހަރު ޖެހުމާއި ރަޖަމުގެ ޙައްދު ޤާއިމުކުރުމެވެ.)
އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ރަޖަމުގެ ޙައްދު ޤާއިމުކުރެއްވެވީ، ޔަހޫދީ ޝަރީޢަތުން ނެންގެވި ޙުކުމެއްގެ ގޮތުގައިކަމަށް ބުނެ ކުރާ ދަޢުވާއަކީ އެއްވެސް އަސާސެއް އޭގައި އޮތް ދަޢުވާއެއް ނޫނެވެ. އެބައިމީހުންގެ އަތުގައި އެކަމުގެ އެއްވެސް ޙުއްޖަތެއް، ބުރުހާނެއް ނެތެވެ. އެއާ ޚިލާފަށް، ރަޖަމުގެ ޙައްދަކީ ޤުރުއާނުގެ ޙައްދެއްކަމަށް، ޞަޙާބީ ބޭކަލުންގެ ފަރާތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް އެހުރީ ޞައްޙަ ސަނަދުން ފެންނާށެވެ.
• ދެން އޮތީ، ނޫރު ސޫރަތުން އެޙުކުމް މަންސޫޚުވެ، 100 އެތިފަހަރު ޖެހުމަށް ބަދަލުވެފައިވާ ކަމަށް ކުރާ ދަޢުވާއެވެ.
މިދަޢުވާއަށް ވަނީ 2 ވަނަ ޝުބުހާގައި ޖަވާބުދެވިފައެވެ. ނަމަވެސް މިތަނުގައި ބައެއް މުހިންމު ނުކުތާތަކެއް ފާހަނގަކޮށްލާނަމެވެ.
ނޫރު ސޫރަތުގެ ފަހުންވެސް މާތް ނަބިއްޔާ صلى الله عليه وسلم އެ ޙައްދު ޤާއިމުކުރެއްވި ކަމަށާއި، އެކަލޭގެފާނަށްފަހު، ޚުލަފާއުއްރާޝިދީން އެޙުކުމް ޤާއިމު ކުރެއްވިކަމަށް ވަނީ ޞައްޙަ ސަނަދުން ޘާބިތުވެފައެވެ. ޢުމަރުގެފާނުގެ ޙަދީޘްފުޅުވެސް މަތީގައި ބަޔާންވެގެން ހިނގައްޖެއެވެ.
ނިކަން ޞަޙީޙް ބުޚާރީގައި ވާރިދުވެފައިވާ، ޢަލީގެފާނުގެ ޙަދީޘްފުޅަށް ބައްލަވާށެވެ. އިމާމު ބުޚާރީ رحمه الله ރަޖަމުގެ ޙައްދާ ބެހޭގޮތުން ބާބެއް ބަންނަވާފައިވެއެވެ. (بَابُ رَجْمِ المُحْصَنِ) “މުޙްސަން މީހާގެ މައްޗަށް ރަޖަމުގެ ޙައްދު ޤާއިމުކުރުމާ ބެހޭ ބާބު” މިއެވެ. އެއަށްފަހު އިމާމު ބުޚާރީ އެންމެ ފުރަތަމަ ގެންނަވާފައިވަނީ ޢަލީގެފާނުގެ ޙަދީޘްފުޅެވެ. «قَدْ رَجَمْتُهَا بِسُنَّةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ» މާނައީ: “ހަމަކަށަވަރުން އޭނަގެ މައްޗަށް ރަޖަމުގެ ޙައްދު ތިމަންކަލޭގެފާނު މިޤާއިމުކުރެއްވީ މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށެވެ.”
މިއީ ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ރަޖަމުގެ ޙައްދު މީހެއްގެ މައްޗަށް ޘާބިތުވުމުން، ރަޖަމު ކުރެއްވުމަށްފަހު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ނޫރު ސޫރަތުގެ އާޔަތުން ރަޖަމުގެ ޙުކުމަކީ މަންސޫޚު ޙުކުމެއްނަމަ، އެބޭކަލުން އެ ޙުކުމް ޤާއިމުކުރައްވާނެތޯއެވެ. ފަހަރެއްގައި މީހަކު، އިޢުތިރާޟުކޮށްފާނެއެވެ. ” ޢުމަރާއި، ޢަލީ ޤުރުއާނަށްވުރެ މަތީ ހެއްޔެވެ؟” މިސުވާލު ޓްވިޓާގައި ބައެއް ޖާހިލުން ކޮށްފައި އެބަހުއްޓެވެ. އޭގެ ޖަވާބުގައި ބުނެލަން އޮތީ، ހަމަޤައިމުވެސް، ތިބައިމީހުންނަށްވުރެ، ޢުމަރުގެފާނާއި ޢަލީގެފާނަށް ޤުރުއާނުގެ އަޙްކާމުތައް މާ ރަނގަޅަށް އެނގިލައްވާނެއެވެ. އެކަމުގައި، ތިޔަބައިމީހުންނަކީ، އެބޭކަލުންގެ ނިޔަފަތީގެ ނިޔަރޮދިއެއްހާ މިންވަރުވެސް އެއްފަދަ ވެގެންވާ ބައެއް ނޫންކަން ކަށަވަރު ޔަޤީނެވެ.
އޭގެ އިތުރުން، މިދައްކަނީ، ޢުމަރުގެފާނާއި، ޢަލީގެފާނުގެ ވާހަކަ އެކަންޏެއް ނޫނެވެ. ހުރިހާ ޞަޙާބީންގެ ވާހަކައެވެ. އެބޭކަލުންގެ އިޖުމާޢުގެ ވާހަކައެވެ. އެބޭކަލުންގެ އިޤުރާރުގެ ވާހަކައެވެ. ޤުރުއާން ބާއްވައިލެއްވުނީ އެބޭކަލުންގެ ތެރެއަށެވެ. އެންމެ ފުރަތަމަ އެ ޤުރުއާނު ތިލާވަތު ކުރެއްވީ އެބޭކަލުންނެވެ. އެބޭކަލުން އަތުގައި އެހެން އިތުރު ތަޢުލީމެއް ނެތެވެ. އޮތީ މާތް ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާގެ ސުންނަތެވެ. އެކަމަކު، 1400 އަހަރު ފަހުން، ތިބާ ދަޢުވާ ތިޔަ ކުރަނީ، “ޢުމަރަކީ ކާކު ހެއްޔެވެ؟ ޢަލީއަކީ ކާކު ހެއްޔެވެ؟” އޭ ކިޔާފައިތޯއެވެ؟ ޤުރުއާން ބާއްވައިލެއްވުނު ޒަމާނުގައި އުޅުއްވި ޞަޙާބީ ބޭކަލުންނަށްވުރެ ބޮޑަށް، އެ ޤުރުއާނުގެ އަޙްކާމުތައް 1400 އަހަރު ފަހުން އަންނަ މީހަކަށް އެނގިދާނެކަމަށް ޤަބޫލުކުރާނީ ކޮން ބުއްދިއަކުންތޯއެވެ؟
މިހާ ހިސާބުން، ލިޔަން ގަސްދުކުރި ބައިތައް ލިޔެ ނިމުނީއެވެ. والحمد لله رب العالمين!

ފަހެ މުނާފިޤުންނާއިމެދު ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެހެއްޔެވެ؟ އެއުރެން ކުޅަ ޢަމަލުތަކުގެ ސަބަބުން، ﷲ އެއުރެން ކާފިރުކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. ﷲ މަގު ފުރައްދަފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟ ﷲ މަގު ފުރައްދަވާ މީހާ ދަންނަވާށެވެ! ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއްނުގަންނަވާނެތެވެ.
ނިފާގުކަމުގެ ބައްޔަކީ ވަކި ޒަމާނަކަށް ނޫނީ ވަކި ތަނަކަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. ހުރިހާ ޒާމާނެއްގައްޔާއި އަދި ހުރިހާ ތަނެއްގައިހެން ފެނި އަދި ފެންނަމުންދާ ކަމެކެވެ.
އެހެނެއްކަމަކު އެއުރެންގެ ތެރެއިން ޢިލްމުވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި މުއުމިނުން ކަލޭގެފާނަށް ބާއްވައިލެއްވި ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާއްވައިލެއްވި ފޮތްތަކަށް އީމާންވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ރިސާލަތުގެ ތެދުކަންވެސް ބަޔާންކޮށްދީފައިވެއެވެ.
އަދި ﷲ ގެ މަގުގައްޔާއި އަދި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެ ހެއްޔެވެ؟ އެއުރެންނީ މިފަދައިން ދުޢާ ކުރާ މީހުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އެ ރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި އިނބަރަސްކަލާނގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވާފާނދޭވެ! އަދި އިނބަ ރަސްކަލާނގެ ޙަޟްރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!
ޖިހާދުގެ މަޤްޞަދުތައް މި ސޫރަތުގައި ބަޔާންވެފައިވެއެވެ.

ނަސްޚުނުވާނޭ ނައްޞުތައް:
އަންނަނިވި ނައްޞުތަކަކީ ނަސްޚުނުވާނޭ ނައްޞުތަކެވެ.
1. ޚަބަރުތައް: އެހެނީ މަންސޫޚުވާނީ ޙުކުމްތަކެވެ. ޚަބަރެއް ނަސްޚުވެއްޖެނަމަ ދެޚަބަރުންކުރެ ކޮންމެވެސް އެއް ޚަބަރެއް ދޮގު ޚަބަރަކަށް ވާނެއެވެ. ފަހެ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެންނަވާ ޚަބަރެއްގައި ދޮގެއް އެކުލެވިގެން ނުވާނެއެވެ.
ކަން ދުރުކުރުމަށެވެ.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވާރުތަމުދަލުގެ ގޮތުގައި ދެކެވުނު ބައެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން، ވާރުތަ މުދާ ބަހާއިރު، ވާރުތަވެރީން އެއަންހެނާވެސް ވާރުތަ މުދަލުގެ ތެރޭގައި ހިމަނައެވެ. އަދި އެމުޖުތަމަޢުގައި އަންހެން ދަރިއަކު އުފަންވިކަމުގެ ޚަބަރު ލިބިއްޖެނަމަ އެކުއްޖާގެ ބައްޕަގެ މޫނުގެ ކުލަ އޮއްސިގެންދެއެވެ. އަދި އެކުދިން ދިރިތިއްބާ ވަޅުލާނީތޯ ނުވަތަ ލިބުނު ނިކަމެތިކަން ތަޙައްމަލުކުރާނީތޯ އެބައިމީހުން އެހިނދު ފިކުރުކުރެއެވެ.
މިފަދަ އަނދިރިކަމެއްގައި މިބައިމީހުން ދިރިއުޅެމުންދަނިކޮށް އިސްލާމްދީނުގެ ނޫރުފާޅުވެ އަންހެނުންނަށް އެބައިމީހުންގެ ޙައްޤުތައް ހޯދައިދިނެވެ. އަދި އެއަށްފަހު އަންހެނުންނަކީ ޤަދަރުވެރި ބައެއްކަމުގައި ވެގެންދިޔައެވެ.

އިސްލާމްދީން ވަނީ ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، އިޞްލާޙީ ގޮތުންނާއި، އަދި މިނޫނަސް ބޭނުންތެރި އެދެވޭ ރޮނގުރޮނގުން މުޖުތަމަޢަށް ޚިދުމަތްކުރުމަށް އެންމެހައި އަފުރާދުންނަށް ބާރުއަޅައިފައެވެ. މުޅި މުޖުތަމަޢު އެކަމަށް ތައްޔާރުކުރުވައި އެކަމަށް ހިތްވަރުދީފައެވެ. ކީރިތި ޤުރްއާނުގައި އެކަން ސިފަކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ (النّساء: ١١٤)
މާނައީ: “صدقات އެއް ކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރު ގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރު ގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ.”

ފާފައިގެ ސަބަބުން ޢުމުރުގެ ބަރަކާތް ކެނޑެއެވެ. ފާފައަށް އަރައިގަތުމުގެ ސަބަބުން އެލިބޭ އުފަލާ ލައްޛަތަށް ވުރެ، އެއަށް އަރައިގަތުމުން ފާއިތުވެގެން އެދާ ދުނިޔެއާއި އާޚިރަތުގު ހެޔޮކަމީ މާ ބޮޑު، ގިނަގުނަ ކަންކަމެވެ. ހިނދުކޮޅަކަށް ފަހުގައިވެސް ފާފައިގެ ޢުޤޫބާތާ ބައްދަލުކުރަން ޖެހޭނެއެވެ.

﴿مَن يَعْمَلْ سُوءًا يُجْزَ بِهِ﴾ [سورة النساء ١٢٣]

މާނައީ: “ނުބައިކަމެއް ކުރާމީހާއަށް އެކަމުގެ ޖަޒާ ލިބޭނެއެވެ.”

وَالْمُحْصَنَاتُ مِنَ النِّسَاءِ) މުރާދަކީ މިނިވަން އަންހެނާ ކަމުގައިވެސް ބުނެވެއެވެ. އެއީ ކައިވެނިނުކޮށް ހުރި އަންހެނެއްނަމަވެސް އެވެ. ސަބަބަކީ އަޅު އަންހެނަކާއި ޚިލާފަށް މިނިވަން އަންހެނާ އަށް ރައްކާތެރިކަން ލިބޭތީވެއެވެ. ސޫރަތުއް ނިސާގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ ۚ) މާނައަކީ: ”إيمان ވެގެންތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ إيمان ވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން. (وَالْمُحْصَنَاتُ مِنَ النِّسَاءِ) މުރާދަކީ ޢިއްފަތްތެރި އަންހެނާ ކަމުގައިވެސް ބުނެވެއެވެ. ސޫރަތުއް ނޫރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ ﴿٢٣﴾ ) މާނައަކީ: “ ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.“ ކައިވެނިކޮށްގެން އުޅޭ އަންހެނާ، ސޫރަތުއް ނިސާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَالْمُحْصَنَاتُ مِنَ النِّسَاءِ إِلَّا مَا مَلَكَتْ أَيْمَانُكُمْ ) މާނައަކީ: ”ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވައި، އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް حرام ކުރެއްވިއެވެ.“ ސޫރަތުއް ތަޙްރީމްގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا ) މާނައަކީ: “ އަދި عمران ގެ ދަރިކަނބަލުން مريم ގެފާނުގެ مثال ވެސްމެއެވެ. އެކަމަނާއީ، އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާއެވެ.“ (وَالْمُحْصَنَاتُ مِنَ النِّسَاءِ ) ގެ މުރާދަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުން ކަމަށް ވަނީނަމަ، (إِلَّا مَا مَلَكَتْ أَيْمَانُكُمْ ) ގެ މުރާދުކަމުގައި ދެގޮތަކަށް ބުނެވެއެވެ. އެއީ: ހަނގުރާމައިގާ އަސީރުކުރެވޭ އަންހެނުންނެވެ. މިއީ ޢަލީ ބިން އަބީޠާލިބް، ޢަބްދުއްރަޙްމާން ބިން ޢައުފް، އިބްނު ޢުމަރު، އިބްނު ޢައްބާސްގެ ރައުޔެވެ. މިބޭފުޅުން ދެކިލައްވާ ގޮތުގައި އަޅުއަންހެނަކު ވިއްކާލިނަމަވެސް އޭނާ ވަރިވީ ކަމަކަށް ނުވާނެއެވެ. ހަނގުރާމައިގާ އަސީރުކުރެވިގެން އަޅުންކަމުގައިވެފައިވާ އަންހެނުންވިޔަސް، ނުވަތަ އެނޫންގޮތަކުންވިޔަސް އަޅު އަންހެނުންނެވެ. މިއީ އިބްނު މަސްޢޫދު، އުބައްޔު ބިން ކަޢްބު، ޖާބިރު، އަނަސް ގެ ރައުޔެވެ. މިބޭފުޅުން ދެކިލައްވާ ގޮތުގައި އަޅުއަންހެނަކު ވިއްކާލާ ހިސާބުން އެއަންހެންމީހާ ވަރިވީއެވެ. ނަމަވެސް، މިމައްސަލާގައި ރާޖިޙް ގޮތަކީ ވިއްކާލިނަމަވެސް ވަރިނުވާ ކަމަށް ބުނާ ބުނުމެވެ. ސަބަބަކީ ޢާއިޝާ ރަޟިޔަﷲޢަންހާ ބަރީރާ މިނިވަންކުރެއްވުމާއި ގުޅިގެން، އެކަމަނާގެ ކުރީގެ ސާޙިބުމީހާ ކައިވެނިކޮށްދީފައިވާ މީހާ އާއި އެކު ހުންނާނީތޯ ނުވަތަ ވަކިވާނީތޯ، ދެގޮތުން ކުރެ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އަށް އިޚްތިޔާރު ދެއްވިއެވެ. (وَالْمُحْصَنَاتُ مِنَ النِّسَاءِ ) ގެ މުރާދަކީ ޢިއްފަތްތެރި އަންހެނާ ކަމަށްވަނީނަމަ، (إِلَّا مَا مَلَكَتْ أَيْمَانُكُمْ ) ގެ މުރާދަކީ ޢިއްފަތްތެރި އަންހެނަކު ހުއްދަވާނީ ކައިވެނީގެ ޢަގްދުކުރުމަށްފަހުއެވެ. އަންހެނަކު އަޅަކަށްވުން އެއީ ޢަގްދެކެވެ.

0