ޢިލްމު ޕޯސްޓްސް
ހަތް ފާނޫޒު

މި އަރޓިކަލްގައި މި ގެނެސްދޭނީ ހޮވާލެވިފައިވާ ބައެއް ހަދީސާއި ފުންބަސް ތަކެވެ.

صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَلاَ أُخْبِرُكُمْ بِأَهْلِ الجَنَّةِ، كُلُّ ضَعِيفٍ مُتَضَعِّفٍ، لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ، أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ، كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ» [متفق عليه]

މާނައީ: “ސުވަރުގޭގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ނިކަމެތިންނެވެ. އަދި ނިކަމެތިކަމަށް މީސްތަކުން ދެކޭ ކޮންމެ މީހެކެވެ. އެހެނަސް އެއިން މީހަކު ﷲގަންދީ ހުވައެއްކޮށް (އެކަމެއް ވާނެކަމަށް ބުނެފިނަމަ، އެމީހަކަށް ހުރި ކަރާމަތެއްގެ ގޮތުން) އެބުނި ގޮތަށް ﷲ ތަޢާލާ އެކަން ފުއްދަވާ ދެއްވާ ހުއްޓެވެ. ނަރަކައިގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ހިތްހަރު ދޫނުބައި، މީސްތަކުންނަށް ހެޔޮ ނުފޯރުވާ، ބޮޑާވެރި ކޮންމެ މީހެކެވެ.”
وَلَيَنصُرَنَّ اللَّهُ مَنْ يَنصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ * الَّذِينَ إِنْ مَكَّنَّاهُمْ فِي الأَرْضِ أَقَامُوا الصَّلاةَ وَآتَوْا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنْ الْمُنْكَرِ وَلِلَّهِ عَاقِبَةُ الأُمُورِ

އާޔަތުގެ ތަފްސީރީމާނަ: “އަދި ހަމަކަށަވަރުން، ﷲ ގެ ދީނަށް ނަޞްރުދީ އެކަމަށް މަސައްކަތްކުރާ މީހަކަށް، އެކަލާނގެ ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން. ﷲ އީ، ބާރުވެރިވަންތަ، ޢިއްޒަތްވަންތަ ރަސްކަލާނގެއެވެ. * “ނަޞްރުދެއްވާނެކަން ވަޢްދުވެވޮޑިގެންފައިވާ ބަޔަކީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ.” {އލަޙައްޖު: 40،41}


ޢަބްދު ﷲ ބުން ޙުބުޝީ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ))1
މާނައީ: ހުސްބިމުގައި މީސްތަކުން އެގަހަކުން ހިޔާ ލިބިގަންނަ ކުންނާރު ގަހެއް އެއްވެސް ޙައްޤަކާއި ނުލައި ބޭކާރު ގޮތުގައި ކަނޑައިލައިފި މީހާ، ﷲ އެމީހަކު ބޯވަތަށް ނަރަކަޔަށް އެއްލަވާލައްވާނެތެވެ.”
رواه أبو داود

އާދަމުގެދަރިއާ ޚަލްޤުކުރެއްވިގެންވަނީ ޙަޤީޤަތް ބަލައިނުގަތުމުގެ މަތީގައެވެ. އޭނާއާ ގާތްވަން އެދޭމީހަކާ އޭނާ ދުރަށް ޖެހޭނެއެވެ. އޭނާއާ ދުރަށް
ޖެހޭމީހަކާ ގާތްވަން އުޅޭނެއެވެ.

އިސްލާމްދީން ތިބާއަށް ދަސްކޮށްދެނީ ދެޙަޔާތް އާރާސްތު ކުރާނޭ ގޮތެވެ.ދިރިއުޅުން ބައްޓަން ކުރަންވީ ރީތި އުސޫލުތަކާއި ގޮތްތަކެވެ.އާޙިރަތުގެ ޙަޔާތް ކާމިޔާބު ވުމުގެ އަސާސްތަކެވެ.ހެޔޮގޮތާއި ނުބައި ގޮތެވެ.ކުރަންވީ ކަންކަމާއި ނުކުރާންވީ ކަންކަމެވެ.ތިބާފަދަ އަނެއް އަޚާއާއި ދެމެދުގެ ގުޅުންތަކާއި،އިންތަކެވެ.ދިރިއުޅުމުގެ ރިވެތި އުސޫލުތަކާއި،ގޮތްތަކެވެ.

ތިބާ ހެއްދެވި ފަރާތް އަބަދުމެ ހަނދާން ކުރަން ވާނެއެވެ.އެއިލާހުގެ ބޮޑުކަމާއި މަތިވެރިކަން ހިތަށް އަރުވައި ކިޔަމަންތެރިކަން އަދާކުރާށެވެ. ތިބާ ހައްދަވާފައިވަނީ އެއިލާހަށް އަޅުކަން ކުރުމަށްޓަކައެވެ. އަޅުކަމުގެތެރެއިން އެންމެ ޚާއްސަ އަޅުކަމަކީ ނަމާދެވެ.ނަމާދަކީ ތިބާ ކުރާ ރޫޙާނީ ދަތުރެކެވެ. އެއީ ތިބާގެ ޙަޔާތުގެ އެންމެ މުހިއްމު ވަގުތުކޮޅެވެ.ހެއްދެވި ފަރާތާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ.އެވަގުތުކޮޅު ތިބާ ހުންނަންވާނީ ކާއިނާތުގެ ވެރިއިލާހަށް ހުސްވެގެންނެވެ.ދުނިޔަވީ ހުރިހާ ޚިޔާލަކަށް އަލްވަދާޢު ކިޔައިގެންނެވެ.

((مَنْ كَانَتْ الْآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتْ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهُ وَلَمْ يَأْتِهِ مِنْ الدُّنْيَا إِلَّا مَا قُدِّرَ لَهُ))
Anas bin Malik narrated that the Messenger of Allah (ﷺ) said:
“Whoever makes the Hereafter his goal, Allah makes his heart rich, and organizes his affairs, and the world comes to him whether it wants to or not. And whoever makes the world his goal, Allah puts his poverty right before his eyes, and disorganizes his affairs, and the world does not come to him, except what has been decreed for him.”
(الترمذي،ح(2389)).

audio m4a=”http://tts.ilm.mv/wp-content/uploads/2019/09/Mira-tax.m4a”][/audio]

من عال جاريتين حتى تبلغا جاء يوم القيامة أنا وهو هكذا ، وضم أصابعه ) . رواه مسلم .

މާތް ނަބިއްޔާ ޞައްލަ ﷲ އަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

މާނައީ: ” ދެ އަންހެންދަރިން ބާލިޣުވެ ތަޞައްރަފު ފުދި ބޮޑުވަންދެން، އެކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފި މީހާ ( ދަންނާށެވެ! ) ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި މިފަދައިން އަރިސްވެގެންވާ ހުއްޓެވެ. މިހެން ޙަދީޘް ކުރައްވައި އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ.”

ނިކަމެތިންނަށް އެހީވުން ނަޞްރު ލިބުމާއި، ރިޒްޤު ތަނަވަސް ވުމުގެ ސަބަބެއް.

ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. (ތިޔަބައިމީހުންނަށް ނަޞްރު އަދި ރިޒްޤު ލިބެނީ ތިޔަބައިމީހުންގެ ނިކަމެތިންގެ ސަބަބުންނެވެ. ( އެބަހީ އެމީހުންނަށް އެހީވުމުގެ ސަބަބުންނެވެ.)

މާނައީ އަދިވެސް ހަދީޘް ކުރެެއްވިއެވެ. މިއުއްމަތަށް ﷲ ނަޞްރު ދެއްވަނީ މިއުއްމަތުގެ ނިކަމެތިންގެ ސަބަބުން ކަމުގައި މެނުވީ ނުވެއެވެ.
އެބައިމީހުންގެ ނަމާދާއި އަދި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ. ޙަދީޘް

ޝައުޤުވެރިކަމެއްނެތި އެއްވެސްކަމެއް ނުވާނެއެވެ. މިއީ ދުނިޔެދައްކާ ޙަޤީޤަތެވެ. ކޮންމެކަމެއް ކުރިޔަސް އޮންނަ ގޮތަކީ މިއެވެ. މި ދުނިޔޭގެ ތާރީޚުގެތެރެއަށް ނަޒަރު ހިންގައިލުމުން މި ކަމުގެ ބުރުހާނުތައް އެހުރީ ދިމާއަށް ފެންނާށެވެ.

މީހަކު ބުނީތީ ކުރާ އުސޫލަކުން، އެއްވެސްކަމެއް ނުވާނެއެވެ. އެހެންވެއްޖެނަމަ އެއީ އަމާބުނީތީ ފަރަށްދިޔުންކަހަލަ ކަމެކެވެ. ކަންކަން ކުރެވޭނީ، ކާމިޔާބަށް ވާސިލުވެވޭނީ، ކަނޑައެޅފައިވާ ވަކި މަޤުޞަދެއް އޮވެގެންނެވެ. ކުރިން ވެސް ދެންނެވި ފަދައިން ޝައުޤުވެރިކަމެއް ހުރެގެންނެވެ.

އެ ޝައުޤުވެރިކަމާއެކު ދެންހުރި އެހެން ސިފަތައް ހުރުމަކީ، ވެސް އެހާމެ ބޭނުންތެރިކަމެކެވެ. ނުހަނު މުހިންމު ކަމެކެވެ.

އެއީ އިޚުލާޞްތެރިކަމާއި ކެތްތެރިކަމެވެ. ޢަޒުމާއި އުންމީދެވެ. އިތުބާރާއި ޔަޤީންކަމެވެ. ހިތްވަރާއި ފަންވަރެވެ. ޖޯޝާއި ފޯރިއެވެ. މި ސިފަތައް ހުރިކަމަށްވާނަމަ ކާމިޔާބު ހޯދަން ކުރެވެނީ ރަނގަޅު ދަތުރެއްކަމަށް ބަލާށެވެ.

އެހެންނަމަވެސް، ދެއްކުންތެރިކަމާއި މަކަރުވެރިކަން، ކަންނެތްކަމާއި ކިބުރުވެރިކަން، ފަރުވާކުޑަކަމާއި ދޮގުވެރިކަމުގެ ސިފަ ހުރެއްޖެނަމަ، ކާމިޔާބު ހޯދުމުގެ ނިޔަތުގައި އުޅުނަސް، އެ ދަތުރުކުރެވެނީ ނުބައި މަގަކުންނެވެ.

މީގެ އިތުރުން ވިސްނައިލަން ޖެހޭ ވަރަށް މުހިންމުކަމެއް ވެސް އެބައޮތެވެ. މީހަކު ހިތަށްއަރާފާނެއެވެ. “އަހަރެންނަކީ ޢިލްމު ލިބިފައިވާ މީހެކެވެ. އަހަރެންނަކީ ހުނަރުވެރި މީހެކެވެ. ވީމާ އަހަރެންނަށް ކޮންމެކަމެއް ވެސް ކުރެވިދާނެއެވެ.”

ނޫނެކެވެ. އެއީ ނުބައި ޚިޔާލުތަކެކެވެ. އެފަދަ ވިސްނުމެއް ގެންގުޅޭ މީހަކަށް، އެ ގެންގުޅެވެނީ ކުރިމަގު ބަނަކުރުމުގެ ކަޅުވިލާގަނޑެކެވެ. އެހެންޏާ ފަހެ، ޢިލްމެއް ހުރިޔަސް ހިލްމެއްނެތިއްޔާ ކުރެވޭނެކަމެއް އޮންނާނެ ހެއްޔެވެ؟ ހުނަރުހުރިޔަސް، ބުމަރެއްހެން އެނބުރުނީމާ ވާނެކަމެއް އޮންނާނެ ހެއްޔެވެ؟

ދުނިޔަވީ މިސާލެއްގެ ގޮތުން ވަޒީފާގެ މާހައުލަށް ބަލައިލަމާ ހިނގާށެވެ. އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހާ، އެ ތަނަކަށްދަނީ، ހަމައެކަނި ފައިސާގެ ބޭނުމުގައިކަމަށްވާނަމަ، އެ ތަނަކަށް ކުރިއެރުމެއް ލިބޭނެގޮތެއް އޮންނާނެ ހެއްޔެވެ؟ ކުރާ މަސައްކަތުގައި އިޚުލާސްތެރިކަމެއް ނެތްނަމަ ތަނަށްވާނެ ފައިދާއެއް އޮންނާނެ ހެއްޔެވެ؟ ހޭދަކުރާ ވަގުތުތަކުގައި ފަރުވާކުޑަކޮށްފިނަމަ ތަނަށް ލިބޭނެ މޮޅެއް އޮންނާނެ ހެއްޔެވެ؟ ޝައުޤުވެރިކަމާއެކު އަމިއްލަކަމެއްކަމުގައި ދެކިގެން މަސައްކަތްނުކުރާނަމަ، ކުރާ މަސައްކަތުގައި ބުރަދަނެއް ހުންނާނެ ހެއްޔެވެ؟

ޔަޤީނެވެ. އޭރުން ތަނަށް ވެސް ފައިދާއެއް ނުކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ އެ ފަދަ މީހަކަށް ލިބޭނެ ކުރިއެރުމެއް ވެސް ނޯންނާނޭމެއެވެ.

އަދިވެސް ދަންނަވަމެވެ. ކާމިޔާބީގެ އެންމެ ބޮޑު އެއްސިއްރަކީ ޝައުޤުވެރިކަމެވެ.

އިމާމް އިބްނުލް ޤައްޔިމް ޒާދުލް މަޢާދުގައި ޒިކުރުކުރައްވައިފައިވެއެވެ. ނަފުސު ތަރުބިއްޔަތުކުރުމުގައި ހަތަރު މަރުހަލާއެއްްވެއެވެ.
1. ހިދާޔަތުގެ މަގުދެނެގަތުމަށް ޢިލްމު އުނގެނުން
2. އުނގެނުނު އެއްޗަކަށް ޢަމަލުކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުން
3. އުނގެނުނު އެއްޗެއް އެހެން މީހުންނަށް ކިޔަވައިދިނުން
4. ކިޔަވައިދިނުމުގައި ދިމާވާ ދަތި ތަކަށް ކެތްތެރިވުން

0