ނަޞޭޙަތާއި އިރުޝާދު
އަނބިންނަށްވުރެ ރައްޓެހިންނަށް އިސްކަންދިނުމަކީ ބޮޑު ގޯހެއް

އަނބިންނަށްވުރެ ރައްޓެހިންނަށް އިސްކަންދިނުމަކީ ބޮޑު ގޯހެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ  ” ބައެއް ފިރިހެންކުދިން ރޭގަނޑު މެންދަމު 12 ޖަހަންދެން، 2 ޖަހަންދެންވެސް ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާ ކަމަށާއި އެގޮތަށް އުޅެމުން ކައިވެނިކުރުމަށްފަހު ވެސް ހަމަ އެގޮތަށް އުޅެމުންދާ ކަމަށާއި އެއީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން.  މީހެއްގެ އަންހެން ދަރިއަކާއި ކައިވެނިކޮށް ތިމާގެ ބެލެނިވެރިކަމުގެދަށް އެ ކުއްޖާ ގެނައުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އަނބިމީހާއަށް. މިއީ ގިނަ ބައަކަށް ޖެހިފައިވާ “ބައްޔެއް.”

މުފްތީ މެންކް އިތުރަށް ވިދާޅުވީ ” ބައެއް މީހުން މަސައްކަތުގައި އުޅުމަށްފަހު ގެއަށް ގޮސް ކައިގެން އިށީންނަނީ ޓީވީ ބަލައި ނޫސްކިޔުން ފަދަ ކަންކަން ކުރުމަށް. އެގޮތަށް އިނދެ ނިދިއައުމުން ނިދަނީ. އަނބި ދަރިންނާއި ވާހަކަވެސް ނުދައްކާ. ބައެއް މީހުން އިންޓަރނެޓާއިއެކު ހަމައެހައިމެ ގިނަ ވަގުތު ހޭދަކުރޭ. އަނބި ދަރިން ވާހަކަ ދެއްކީމާ ބިޒީކަމަށް ބުނެފައި އިންޓަރނެޓުން ކާޓޫނު މޫނެއް ފެނުނިމާ ހެނީ. މިއީ ކިހިނެއް ޤަބޫލުކުރެވޭނެ ކަމެއް. އެގޮތަށް އަމަލުކުރާ މީހަކު ހުރިނަމަ މިއަދުން ފެށިގެން އެކަން އިޞްލާޙްކުރޭ. ކުރެވެމުން ތިއަދަނީ ބޮޑު ފާފައެއް. ތިބާ ތިބާގެ އަނބިންނާ އަޅައި ނުލާނަމަ ތިބަލަނީ ކާކު އަޅައިލާނެ ކަމަށް.

އަނބިންނާއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމެއްކަމަށް ވިދާޅުވަމުން މުފްތީ މެންކް ވިދާޅުވީ ” އަނބިން ފިރިން ހެއްވާލުމަށް ބަހެއް ބުނުމަކީ ސަވާބު ލިބޭ ކަމެއް. އެ ސަވާބު ލިބިގަންނަން މަސައްކަތް ނުކުރަންވީ ކީއްވެ؟ ކައިވެނިކުރުމަށްފަހު އަނބިންނާއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމެއް. އެއީ އިސްލާމް ދީނުގައި އެކަން އޮތް ގޮތް. ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީނުގައި އަޅުކަމެއް “.

ބެލެނެވެރިކަމުގެ މަސްއޫލިއްޔަތު ހަދުމަކޮށްދެއްވަމުން މުފްތީ މެންކް ވިދާޅުވީ ” ހަރުދަނާ ޖީލެއް ބިނާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބެލެނެވެރިކަން ނުދަންނަ ބައަކު ބެލެނިވެރިންނަށްވަމުން އައުންކަމަށް. ބެލެނިވެރިއަކަށް ވުމަށްޓަކައި ތައްޔާރުވާންޖެހޭނެ. ކަންތައްތަކެއް ދަސްކޮށް ތިމާމެންގެ ކިބައި ސިފަތަކެއް ހަރުލައްވަންވެސް ޖެހޭނެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ މިއިން އެއްވެސް ކަމެއް ފުރިހަމަނުކުރާ ބައަކު ކުއްލިއަކަށް ބެލެނިވެރިންނަށް ވަމުން އަންނަތަން. ބައެއް މީހުން ބެލެނިވެރިންނަށްވާއިރު އެމީހުންނަށް ބެލެނެވެރިން ބޭނުންމެއް ނުވޭ. އެފަދަ ހާލުގައި ބެލެނިވެރިންނަށްވުމުން ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު އެމީހުންނަށް ނުއުފުލޭ “.

 

0