ނަޞޭޙަތާއި އިރުޝާދު
ކައިވެނިތައް ރޫޅެނީ ހިތުން ލޯބިނުވެ ލޯބިވަމޭ ބުނާތީ: މުފްތީ މެންކް

ކައިވެނިތައް ރޫޅެނީ ހިތުން ލޯބިނުވެ ލޯބިވަމޭ ބުނާތީކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ ” ލޯތްބަކީ ދުލުން ބުނާ ބަހެއް ނޫން ކަމަށާއި ލޯތްބަކީ ހިތުންވާ ކަމެއް ކަމަށާއި ހިތުން ލޯބިވުމަކީ މަތިވެރި ޤްރްބާނީއެއް. ވަރަށް ލޯބިވާކަމަށް ބުނެ އެކުގައި ދުވަސްތައް ހޭދަކުރުމަށްފަހު ކުރާ ކައިވެނިތައްވެސް ވަރަށް އަވަހަށް ރޫޅިގެންދާ ކަމަށާއި ރޫޅިގެންދަނީ ދުނިޔަވީ ސަބަބުތަކަށްޓަކައި. ކުރިން އުޅުނު ފަދަ އުފަލުގައި ރޭގަނޑާއި ހަވީރުގެ ވަގުތުތައް ހޭދަ ނުކުރެވޭތީވެ. އިއްޔެ ބުނަމުން އައީ ކަލޭދެކެ ވަރަށް ލޯބިވާކަމަށް. ރީތި އެހެން މީހަކު ފެންނައިރަށް އެމީހާ ކައިރީވެސް ބުނަނީ ވަރަށް ލޯބިވާ ކަމަށް. ހަމަ ކުއްލިއަކަށް ލޯބި އެބަދަލުވަނީ. އެއީ ހަޤީޤީ ލޯތްބެއް ނޫން.”

މުފްތީ މެންކް ވިދާޅުވީ ހަޤީޤީ ލޯތްބަކީ ޤްރްބާނީ ކަމަށެވެ. ޙަޤީޤީ ލޯބިވާނަމަ ދުނިޔަވީ ކަންކަމުގައި ކުރިމަތިވާ ދަތިތަކަށް ކެތްތެރިވާނެ ކަމަށެވެ. އެއީ ތަކްލީފެއް ކަމަށް ނުދެކޭނެ ކަމަށެވެ.

މުފްތީ މެންކް އިތުރަށް ވިދާޅުވީ ” މީހުން ކައިވެނިކުރާ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އެއިގެ ތެރޭގައި މުއްސަނދިކަމާއި ސިފަ އާއި އެނޫންވެސް ސަބަބުތައް ހިމެނޭއިރު ދީނަކީވެސް އެއް ސަބަބުކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘްފުޅު ކުރައްވަފައިވޭ. އަދި ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ރަނގަޅު ކައިވެންޏަކީ އެންމެ ފަހު ސަބަބަށް (ދީނަށް) ޓަކައި ކުރެވޭ ކައިވެނި ކަމަށް. މުއްސަނދިކަމަކީ އަބަދު ނުވަތަ ދާއިމަށް އޮންނާނެ އެއްޗެއް ނޫން. މުއްސަނދިކަމަކީ ތިމާމެންނާއި އަބަދުވެސް ވަކިވެގެންދާނެ އެއްޗެއް. މުއްސަނދިކަމަށް ދަހިވެތިވެގެން ކުރެވޭ ކައިވެނިތަކަކީ އެކަން ގެއްލިގެން ދިއުމުން ރޫޅޭނެ ކައިވެނިތަކެއް”.

މުއްސަނދިކަން ލިބިފައިވާނަމަ ވީހައި ގިނައިން މާތް ﷲ ގެ މަގުގައި ހޭދަކުރުމަށްވެސް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ. “މިއީ އެންމެންވެސް އިންތިހާއަށް ފައިސާއަށް ބޭނުންވެފައިވާ ޒަމާނެއް. މީހުން މަރުވުމުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދޭ. މީހަކު 500 ޑޮލަރު ދޫކޮށްފައި މަރުވެއްޖެނަމަ އެއާއި އަޅައިލާނެ މީހަކު ނުވޭ. ނަމަވެސް 500 މިލިއަން ޑޮލަރު ދޫކޮށްފައި މަރުވެއްޖެނަމަ ކިހިނެއްތޯ ވަނީ؟ ޑީއެންއޭ ހަދައިގެންވެސް ވާރުތަވެރިއަކަށް ވެވޭތޯ އެބަބަލާ. ސުބްޙާނަﷲ!”

 

މަސްދަރު:މިއަދު

 

0