ނަޞޭޙަތާއި އިރުޝާދު
ޢިއްޒަތުގެ އަހުލުވެރިން

ދެރަކަމާއި ނިކަމަތިކަން ހުރީ، ތިމަންކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުމީހަކަށެވެ
((وَجُعِلَ الذِّلَّةُ وَالصَّغَارُ عَلَى مَنْ خَالَفَ أَمْرِي)) [رواه أحمد وصححه الألباني] މާނައީ: “އަދި ދެރަކަމާއި ނިކަމަތިކަން ހުރީ، ތިމަންކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުމީހަކަށެވެ.”

(ﷲއަށް) ކިޔަމަންތެރިކަން އަދާކުރާ އަޅުތަކުންނީ ޢިއްޒަތުގެ އަހުލުވެރިންނެވެ. އަދި އެބައިމީހުން ކުޅަ ޢަމަލަކާ އެކަށޭނަ ގޮތަކަށް އެބައިމީހުން ޢިއްޒަތްތެރިވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ﴾ [سورة المنافقون ٨] މާނައީ: “ޢިއްޒަތްވަނީ، ﷲ އަށެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި މުއުމިނުންނަށެވެ.”

ފަހެ އެމީހެއްގެ މުޖުތަމަޢުގައި ޢިއްޒަތްތެރިމީހާ ދަންނައެވެ. ފާފަތަކުގެ ތެރެއަށް ވަދެވި އެކަމުގައި އިމްތިޙާނުކުރެވެމުންދާ މީހުންނަށް އޯގާތެރިވާށެވެ. އަދި މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާ އަދި ވިސްނުންތެރިކަމާއެކު އެފަދަ މީހުންނާ މުޢާމަލާތް ކުރާށެވެ. އަދި އެބައިމީހުން ކުޑައިމީސްނުކުރާށެވެ. އަދި އެބައިމީހުންނަށް ހިދާޔަތްދެއްކެވުމަށް އެދި ގިނައިން ދުޢާކުރާށެވެ. ރިތެރި އަޚުލާޤާއެކު ދަޢުވަތު ދިނުމަކީ މީސްތަކުންގެ ހިތްތައް ދަމައިގަނެވޭ ކަމެކެވެ.

ޅެންވެރިއަކު ވިދާޅުވިއެވެ.
“މީސްތަކުންނަށް އިޙްސާންތެރިވުމަކީ އެބައިމީހުންގެ ހިތްތައް ކާމިޔާބު ކުރެވޭ ކަމެކެވެ. ފަހެ އަބަދުވެސް އިންސާނާ އެންމެ ބޮޑަށް ލެނބެނީ ހެޔޮކަމުންނެވެ.” އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ. “ޝަރުޢީ ގޮތުން އައިސްފައިވާ ދަލީލުތަކުންނާއި، ބުއްދީގެ ހަމަތަކުންއާއި، ފިޠުރީ ގޮތުންނާއި، އެކިއެކި އުންމަތްތަކާއި މިއްލަތްތަކުގެ ތަޖުރިބާއިން ދަލީލު ލިބެނީ: ޢާލަމްތަކުގެ ވެރި ރައްބަށް ކުއްތަންވުމާއި އެއިލާހުގެ ރުއްސެވުން ހޯދަން މަސައްކަތްކުރުމާ އަދި އެއިލާހުގެ އަޅުތަކުންނަށް އިޙްސާންތެރިވެ ހެޔޮކޮށް ހިތުމީ ހުރިހާ ހެވެއް ގެނުވައިދޭ ކަންކަމެވެ. އަދި އޭގެ އިދިކޮޅަކީ ހުރިހާ ނުބައެއް ގެނުވައިދޭ ކަންކަމެވެ.”
ރަނގަޅަށް މަސައްކަތް ކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ.
މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެފާނު އަރިހުން އަލްބައިހަޤީ ރިވާކުރެއްވިއެވެ.رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީސް ކުރެއްވިއެވެ. (( إِنّ اللَّهَ تَعَالى يُحِبّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُتْقِنَهُ- އަރަހުށި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަން ކަށަވަރީ ، ތިޔަބައިމިހުންގެ ތެރެއިން މީހަކު ކަމެއް ކުރާނަމަ އެކަމަށް ފުރިހަމަކޮށް ބަރާބަރަށް ކުރުމަށެވެ. ))
ތިބާ ކުރާ މަސައްކަތުގައި ފަރުވާ ކުޑަކޮށްލައިފިނަމަ ތިބާއަށް މީހުންގެ ލޯތްބެއް ނުލިބޭނެތެވެ.

ޤުރުއާނުގެ ބަގީޗާ: ދުޚާން ސޫރަތް

އަބޫޖަހުލަކީ ޤުރައިޝުންގެ އެންމެ ޢިއްޒަތްތެރިޔާ ކަމަށް ދަޢުވާކުރިއެވެ. ބަދުރު ހަނގުރާމައިގައި އަބޫޖަހުލު ޤަތުލުވެގެންދިޔައީ މަލާމާތް ލިބެނިވި ގޮތެއްގައެވެ. އެކަން މި ސޫރަތުގެ 48 ވަނަ އާޔަތާއި 49 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.

نَعْمَة އާއި نِعْمَة ގެ ތަފާތު. نِعْمَة ގުޅިފައިވަނީ ބާރުވެރިކަމާއިއެވެ. نَعْمَة ގުޅިފައިވަނީ ދީނީ ޢިލްމާއި ހިދާޔަތާއި ޖިސްމާނީ ތަނަވަސްކަމާއެވެ. النضر بن شميل ގެ ރައުޔު.

ހުރިހާ ރައުޔެއްގެ ޚުލާސާ

نَعْمَة: نِعْمَةލިބުމުގެ ސަބަބުން މެދުވެރިވާ ޙާލަތު

 

0