ނަޞޭޙަތާއި އިރުޝާދު
ދިރޭ ވިހަ ސޫފިތައް ކަށިޖެހުމުން ސަލާމަތް ވުމަށް މި ދުޢާ ކިޔާލާ

މި ދުޢާ ތިން ފަހަރު ކިޔައިފި މީހަކު ދިރޭ ވިހަ ސޫފިތައް ކަށިޖެހުމުން ސަލާމަތް ކުރައްވާ ހުއްޓެވެ. އަދި ޚާއްސަ ގޮތެއްގައި ހެނދުނާއި ހަވީރު ޒިކުރު ތެރޭގައި ހިމެނޭ މި ދުޢާ ހަވީރު ތިން ފަހަރު ކިޔުމުންވެސް ފުދޭނެއެވެ. ހަމައެގޮތަށް އާންމުކޮށް މީހުން ވަދެ ނޫޅޭ ތަންތަނަށާއި ފަޅު ރަށްރަށަށް އެރުމުގެ ކުރިން މި ދުޢާ ކިޔުން ވަރަށް މުހިއްމެވެ.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

” ﷲ ހައްދަވައިފައިވާ ނުބައި މަޚުލޫޤުންގެ ކިބައިން ރައްކާތެރިކޮށް ދެއްވުން އެދި ﷲގެ ފުރިހަމަ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ. ”

 

މަސްދަރު: ހެނދުނާއި ހަވީރު ޒިކުރުތަކުން

0