ނަޞޭޙަތާއި އިރުޝާދު
ނުބައި ހުވަފެނެއް ފެނިއްޖެނަމަ ހަދާނީ ކިހިނެއް؟؟

❀ ވާތްފަރާތަށް 3ފަހަރު ދުލުގެކޮޅުން ކުޅުކޮޅެއް ޖަހާށެވެ!

❀ ޝައިޠާނާގެ ނުބައިކަމުންނާއި، ފެނުނު ހުވަފެނުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތަށް 3ފަހަރު އެދި ދަންނަވާށެވެ!

❀ އެ ހުވަފެން އެއްވެސް މީހަކަށް ކިޔައިނުދޭށެވެ!

❀ އޮށޯވެ އޮތްފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލާށެވެ!

❀ ބޭނުންވާނަމަ ތެދުވެ ނަމާދުކުރާށެވެ!

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުހޭ ހުވަފެނެއްފެނިއްޖެނަމަ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެކަންވަނީ ﷲ ގެ ޙަޟްރަތުންނެވެ. ދެން އެކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރާށެވެ. އަދި އެހުވަފެނުގެ ވާހަކަ ދައްކާށެވެ! އަދި ނުރުހޭ ހުވަފެނެއްފެނިއްޖެނަމަ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެކަންވަނީ ޝައިޠާނާގެ ކިބައިންނެވެ. ފަހެ އެހުވަފެނުގެ ނުބައިކަމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ! އަދި އެއްވެސް މީހަކު ކައިރީ އެވާހަކަ ނުދައްކާށެވެ. ފަހެ ހަމަކަށަވަރުން އެހުވަފެނަކުން އެމީހަކަށް ގެއްލުމެއް ނުވާނެއެވެ.” (ރިވާކުރެއްވީ ބުޚާރީ)

މުސްލިމުގެ ރިވާޔަތެއްގައިވެއެވެ. “ވާތްފަރާތަށް ތިންފަހަރު ކުޅުޖަހާށެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އެދޭށެވެ. އަދި އޮށޯވެ އޮތްފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލާށެވެ!”

 

 

 

0