ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝެއިޚް މިކަން ބަޔާންކުރީ ޝެއިޚްގެ ފޭސްބުކްޕޭޖްގައި ލިޔުއްވި ސުޓޭޓަސްގައެވެ.
ޝެއިޚް ވިދާޅުވީ “ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް، ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމުގެ ތެރެއިން، އިރުކަލާނގެ އާގުޅޭ އަޅުކަމެއް”
އިތުރަށް ޝެއިޚް ތަފްސީލްކޮށް ދެއްވާ ބަޔާންކޮށްފައިވަނީ ” އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެގޮތުގައި 21 ޖޫން ފާހަގަކުރަނީ، 21 ޖޫންއަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސްކަމަށް ވާތީއެވެ. އަދި އިރަށް ކުރިމަތިލުމާއި އިރާ ގުޅުންހުރި ޢިބާރާތްތަކާއި ސިންބަލްތައް މިކަމުގައި ބޭނުން ކުރެވެނީ މިހެންވެގެނެވެ. ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އާ ޝަރީކަ ކުރުމެވެ.”
ޝިރުކުގެ ނުރައްކާތެރިކަން ބަޔާންކޮށް ޝެއިޚް ހާމަކުރެއްވީ “ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާއި ދުރުވާންޖެހޭ ފާފައެވެ. އެހެނީ ޝިރުކުގެ ފާފައަކީ އެ ފާފައެއްގެ ސަބަބުން އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވެގެން ދާނެ އަދި އެފާފައިގެ މަތީގައި މަރުވެއްޖެނަމަ ދުވަހަކުވެސް ނުފުއްސަވާނެ ހަމައެކަނި ފާފައެވެ. ޔޯގާގައި ހިންދޫން ކިޔާ ބައެއް ތަކެތި ދޫކޮށްލުމަކީ އޭގެ ވައްޓަފާޅިއަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. މުސްލިމުންގެ ތެރެއަށް މިކަން ފާޅުވި ހިސާބުން ފެށިގެން އެކި ޤައުމުތަކުގެ ޢިލްމުވެރިންވަނީ މިކަމުގައި ބައިވެރިވުން ހުއްދަ ނުވާނެކަން ބަޔާން ކުރައްވާފައެވެ. ވީމާ މިފަދަ ކަންކަމުން ދުރުވުމަށް އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަމެވެ.”
ޔޯގާގެ އަސްލާ ގުޅުމެއް ނެތް، މުޅިން ތަފާތު އެހެން ކަސްރަތު ކުރުން ޔޯގާގެ ތެރެއަށް ނުދާނެކަން ބަޔާންކޮށް ޝެއިޚް ވިދާޅުވީ ” ޔޯގާގެ އަސްލާ ގުޅުމެއް ނެތް، މުޅިން ތަފާތު އެހެން ކަސްރަތުތަކެއް، އަޅުކަމުގެ ރޫޙާނީ ވައްޓަފާޅިއެއް ނެތި ކުރުމަކީ ޔޯގާއެއް ނޫނެވެ.”
Hindhoonge alhukameh kamugaivaa Yoga hedhumakee Haraam kameh.Yoga akee hindhoo dheenuge alhukamuge therein, iru…
Posted by Sheikh Ahmed Sameer on Thursday, June 20, 2019